ފަރިކެޑެ ސަރަހައްދު

Gnaviyani (Gn)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

555705961

ޖުމްލަ އޭރިއާ

637.00 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ފުވައްމުލަކަކަކީ މާކަނޑުގައި އެކަހެރިކޮށް ހެދިފައި އޮންނަ ވަކި ރަށެކެވެ. ރާއްޖޭގައި މިގޮތަށް ވަކިން ހެދިފައިވާ ރަށްރަށާއި ހިލާފަ މިރަށުގައި ބޮޑު ފަރެއް ނޯވެއެވެ. ނަމަވެސް، މިރަސަކީ ކަނޑުގެ ބޮޑެތި ދިރުންތަށް މޫސުމީކޮށް އެއްވެ އުޅޭ ސަރަހައްދެކަންވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން މިރަށުގެ ކަޑުގެ ސަރަހައްދުން ބޮޑުމަސް އަދި އެކި ބާވަތް ތަކުގެ މިޔަރު ފެންނަކަމުގައި ވެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، މިރަށުގެ ފަރުގެ ވަކި ހިސާބުތަކުގައި މިޔަރު ފަދަ ކަޑުގެ ބޮޑެތި ދިރުންތަށް ސާފުވުމަށް ޖަމާވެއުޅޭ ސަރަހައްދުތަކެއްވެސް ވެއެވެ. ފަރިކެޑެ ސަރަހައްދަކީ އެކިބާވަތުގެ މިޔަރު ސާފުވުމަށް ޖަމާވެ އުޅޭ އެއްސަރަހައްދުކަމުގައި އެފަރާތްތަކުން ބުނެއެވެ. އެގޮތުން، މިސަރަހައްދުން އަދުން މިޔަރު އަދި ފާނަ މިޔަރު ފެނުމުގެ ފުރުސަތު ބޮޑުކަމުގައި އެފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން މިސަރަހައްދަކީ މަދުން ރާއްޖެއިން ފެންނަ އެންމަޑީގެ ބާވަތެއް މޫސުމީކޮށް ގިނައަދަދަކަށް ފެންނަ ސަރަހައްދެއްކަމުގައި ވެއެވެ. މިމަޑި އަކީ އާމުކޮށް ބޭރުކަނޑު ތަކުގައި އުޅޭ އެއްޖެކެވެ. އަދި ފަރާއި ކައިރިވެ އުޅެނީ ކެއުމުގެ ގޮތުން ނުވަތަ ސާފުވުމުގެ ގޮތުންނެވެ. އެހެންކަމުން މިސަރަހައްދަކީ އެސޮރުމެންގެ ސިރިހުރުމަށް މުހިއްމު ސަރަހައްދެކަމުގައި ވުމަކީ ވަރަށް ކައިރިކަމެކެވެ. މީގެ އިތުރުން މިސަރަހައްދަކީ މޫސުމީކޮށް، ފެހުރިހި އަރާސަރަހައްދެކަމުގައި ވެސް ވަނީ ފާހަގަކުރެވިފައެވެ. ފެހުރިހީގެ ދިރާސާ ރާއްޖޭގައި ކުރާ ފަރާތްތަކުން ބުނާގޮތުގައި މިސަރަހައްދުން އާމުކޮށް ފެންނަނީ ބޮޑެތި އަންހެން ފެހުރިއްށެވެ. އެފަރާތްތަކުން ބުނާގޮތުގައި މިއަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކުން އަދި ފާހަގަ ކުރެވިފައިވާކަމެއްނޫނެވެ. އަންހެން ފެހުރިހި މިސަރަހައްދަށް ޖަމާވެއުޅޭ ސަބަބަކީ، މިސަރަހައްދަކީ އެސޮރުމެން ވިހާ އުޅޭ ސަރަހައްދަކަށްވުމުން ކަމަށް އެކަށީގެންވާކަމަށް އެފަރާތްތަކުން ބުނެއެވެ. ފެހުރިހީގެ ދިރާސާކުރާ ފަރާތް ތަކުން ބުނާގޮތުގައި މާކަނޑުގައި މިގޮތަށް އެކަހެރިކޮށް އޮންނަ ތިލަ ސަރަހައްދުތަކަކީ، ފެހުރިހި ވިހެއުމަށް ޖަމާވާ ސަރަހައްދުތަކެކެވެ. އަދި، އަންހެން ފެހުރިހި އެސަރަހައްދުތަކުގައި ވިހާ މޫސުމަށް އެއްވެ އުޅޭކަމުގައި ވެސް އެފަރާތް ތަކުން ފާހަގަކުރެއެވެ. މިސަރަހައްދުގައި ވާ ބޮޑެތި ދިރުން ސާފުރުމުގައި އުޅޭ މަސްތަށް، މިސަރަހައްދުގެ މުރަކަތަށް ހަލާކުވެއްޖެ ނަމަ ނެތިގެން ދާނެއެވެ. މިކަމަކީ މިސަރަހައްދަ ސާފުވުމަށް އަންނަ ދިރުންތަކަށް ނުރަކާވާނެކެމެކެވެ. އެހެންކަމުން، މިސަރަހައްދަކީ މިފަދަ ދިރުންތަކަށް މުހިންމު ސަރަހައްދެއްކަމުން މިސަރަހައްދަށް ގެއްލުމެއް ވުމަކީ އެދިރުންތަކުގެ ދެމިހުރުމަށް އެޅޭނެ ހުރަހެކެވެ. އެހެންކަމުން މިސަރަހައްދު ހިމާއަތްކުރެވި، ދެމިހެއްޓެނިވިގޮތަކަށް ބެލެހެއްޓިގެން ދިއުމަކީ މިގައުމުގެ ދިރުން ރައްކާތެރިކޮށް ބޭއްވުމަށް ވަރަށް މުހިއްމު ކަމެކެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 6 – ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއަރ
ހިމާޔަތް ކުރެވުނު ތާރީހު:
22 ޖުލައި 2020

ބުކިންގްސް

Activities
No activities.