ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

އއ. އޮރިމަސްތިލަ

AA. Orimas Thila

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

އޮރިމަސް ތިލައަކީ ކަނޑުގެ އަޑީގައި އޮންނަ, ދިގުކޮށް އުފެދިފައިވާ ފަރެކެވެ. މި ތަނުގެ އެންމެ ތިލަ ހިސާބުގައި 5 މީޓަރުގެ ފުންމިނެއް ހުރެއެވެ. މި ތިލައިގެ އިރުމަތީ ފަރާތުން 15 މީޓަރުގައި ސީ އެނިމޯން ފީލްޑެއް އޮވެއެވެ. ތިލައިގެ އުތުރު ފަރާތުން ހޮހޮޅަތަކާއި, އޯވަހޭންގްތަކާއި ރީފް ކްރެކްސް ފެނެއެވެ. މި ސަރަހައްދުގެ ކަނޑު އަޑީގެ ދިރުން މުއްސަނދިއިރު ގިނަ އަދަދަކަށް މުރަކައާއި, ސޮފްޓް ކޮރަލް, ސީ އެނިމޯން އަދި އެކި ބާވަތް ބާވަތުގެ ކުދި ކުދި މަސްތައް ފެނެއެވެ. އަދި މީގެ އިތުރުން ފީބޯ މިޔަރާއި ފެހުރިހިވެސް އެކި ފަހަރުމަތިން މި ސަރަހައްދުން ފެނިފައިވެއެވެ. ވަރަށް މަދުން ނަމަވެސް ވެލާ އަދި މަންޓާވެސް މި ސަރަހައްދުން ރެކޯޑުކުރެވިފައިވެއެވެ.

ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އަޅުގަނޑުމެންނާ ގުޅާ.

ޕާމިޓްސް

  • ދިރާސާކުރުމުގެ ހުއްދަ

    Issued by ެެއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ)

    މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ރިސާޗްކުރުމަސް ދޫކުރެވޭ ޕާމިޓްއެކެވެ. މި ޕާމިޓް ދޫކުރަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިންނެވެ. ރިސާޗް ޕާމިޓް އަކަށް އެދި ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ.

    Apply on their portal: ދިރާސާކުރުމުގެ ހުއްދަ (އާ ޓެބެއްގައި ހުޅުވޭ)

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
1,306.70 ހެކްޓަރ
ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
81030
ހިމާޔަތް ކުރެވުނު ތާރީހު
21 އޮކްޓޯބަރ 1999

ޢިއުލާން

  • 1995 ހިމާޔަތް ކުރެވުނު 15 ޑައިވް ސަރަޙައްދު _ އިނގިރޭސި

    ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް 1995 PDF އިނގިރޭސި ދިވެހި ނުސްޚާއެއް ނެތް

  • 1995 ހިމާޔަތް ކުރެވުނު 15 ޑައިވް ސަރަޙައްދު

    ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް 1995 PDF