Alifu Alifu (AA)
ލިސްޓްކުރެވިފައެއް ނެތް.
އަރިއަތޮޅު އުތުރުބުރ ރަސްދޫއަތޮޅަކ ޤުދުރަތ ގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ޚާއްޞަ ބާވަތްތަކުން މުއްސަނދި، އަދި ދިރޭތަކެތ ގެ ނަސްލާއި އިންސާނުންގެ ހަރާކަތްތަކާއި ގުޅިފައިވާ އަތޮޅެކެވެ. ރަސްދޫ އަތޮޅުގެ ފަރުގެ ސަރަހައްދަކީ ބައިނަލްއަޤްވާމީ ގޮތުން ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ "އިކޮލޮޖިކަލް އެންޑް ބަޔޮލޮޖިކަލް ސިގްނިފިކަންޓް އޭރިއާ" އެއްގެ ގޮތުގައިވެސް 2016 ގައި ކަނޑައަޅައިފައިވާ ސަރަހައްދެކެވެ. ރަސްދޫއަތޮޅަކީ ރާއްޖޭގައި މައި އަތޮޅުތަކާއި ވަކިން އުފެދިފައި އޮތް، އެހެން އަތޮޅުތަކާ ޚިލާފަށް ޤުދުރަތީ ގޮތުން ތަފާތުކަމެއް ލިބިފައިވާ އަތޮޅެކެވެ. މިގޮތުން އެންމެ ޚާއްޞަކޮށް ރަސްދޫ މަޑިވަރު ކަނޑަކީ ރާއްޖޭގައި މިހާތަނަށް ހޯދިފައިވާ ޑައިވް ސްޕޮޓްތަކުން އެންމެ ގިނަ ޢަދަދަކަށް ކާލިގަނޑު މިޔަރު (Sharks Hammerhead) މުޅި އަހަރުތެރޭގައި ފެންނަ މަދު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. އަދި މީގެ އިތުރުން އެންމަޑި، މާހުޅުނބު ލަނޑާ، ވެލާކަހަނބު ފަދަ މުހިންމު ދިރުންތައް ދިރިއުޅޭ ސަރަހައްދެކެވެ.