ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

ބ.ހުރާފަރު ސަރަހައްދު

B. Huraafaru Sarahahdhu

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

ބ. ހުރާފަރު ސަރަހައްދަކީ ބ. އަތޮޅުގައި ޙިމާޔަތްކޮށްފައިވާ ހަނިފަރު ސަރަހައްދުގެ އުތުރަށް އޮންނަ ހަނިފަރާއި އެއްގޮތް ސިފަތަކެއް ހުންނަ ސަރަހައްދެކެވެ. މި ގޮތުން، މި ސަރަހައްދުގައި ޕްލާންކްޓަންސް ޖަމާވެ، އެއްމަޑި މި ސަރަހައްދަށް އެއްވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ. 2020 ގެ ނިޔަލަށް މި ސަރަހައްދުން 436 އެންމަޑި 1239 ފަހަރު ފެނިފައިވެއެވެ. އަދި މި ސަރަހައްދަކީ އެންމަޑި ކާނާ ހޯދުމަށާއި، ވިހާ އާލާވުމަށް މުހިއްމު ސަރަހައްދެކެވެ. ބ. އަތޮޅަކީ ދުނިޔޭގެ ފެންވަރުގައި އެންމަޑީގެ ބޮޑު އާބާދީއެއް އުޅޭ ސަރަހައްދެއް ކަމަށްވުމުން އެންމަޑީގެ މިފަދަ މާހައުލުތައް ޙިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން މި ސަރަހައްދުގައި އޮންނަ ހުރާފަރު ފިނޮޅަކީ އައިންމަތީ ދޫނީގެ މުހިއްމު މާހައުލެކެވެ. މި ސަރަހައްދުގެ އޮއިވަރު ދެމެހެއްޓުމަށް މި ފިނޮޅަށް ބަދަލެއް ނުގެނެސް ޙިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ.

ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އޮފީހަށް ގުޅާ.

ޕާމިޓްސް

  • ދިރާސާކުރުމުގެ ހުއްދަ

    Issued by ެެއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ)

    މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ރިސާޗްކުރުމަސް ދޫކުރެވޭ ޕާމިޓްއެކެވެ. މި ޕާމިޓް ދޫކުރަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިންނެވެ. ރިސާޗް ޕާމިޓް އަކަށް އެދި ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ.

    Apply on their portal: ދިރާސާކުރުމުގެ ހުއްދަ (އާ ޓެބެއްގައި ހުޅުވޭ)

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
694.36 ހެކްޓަރ
ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި -1 ބައިނަލްއަޤްވާމީގޮތުން ފާހަގަކުރެވިފައިވާ ސަރަހައްދުތައް, ގިންތި 6 – ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއަރ
ހިމާޔަތް ކުރެވުނު ތާރީހު
09 ނޮވެމްބަރު 2023
ދިރިއުޅޭ ވެށީގެ ބާވަތްތައް
މެރިން, ޓެރެސްޓްރިއަލް

ގުޅުއްވާ