ބ. އިންނަފުށި ސަރަހައްދު

B. އިންނަފުށި

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

ޖުމްލަ އޭރިއާ

858.60 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު
Baa Atoll BR Office - 6608466
Ranger Hotline - 7905949

ބ. އިންނަފުށި ސަރަހައްދަކީ ބ. ފުޅަދޫގެ އިރު-އުތުރަށް އޮންނަ ރަށަކާއި ފިނޮޅުތަކަކާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދެވެ. މި ސަރަހައްދުގެ އިރުމަތި ފަރާތުގައި ހިމާޔަތްކޮށްފައިވާ ކޯބިން ރެކް ސަރަހައްދުއޮވެއެވެ. އިންނަފުށި ރަށަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނި އާލާވުމަށް ބޭނުން ކުރަމުންދާ ރަށެކެވެ. އަދި މި ސަރަހައްދުގައިވާ ފިނޮޅުތަކަކީ އައިންމަތީ ދޫނީ އަރާމުކޮއްލުމަށާއި ބިސް އެޅުމަށްވެސް ބޭނުންކުރާ މި ދޫނިތަކުގެ މުހިއްމު މާހައުލެކެވެ. މި ސަރަހައްދުގެ އޮއިވަރު ދެމެހެއްޓުމަށް މި ފިނޮޅުތަކަށް ބަދަލު ނުގެނެސް ޙިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ. އިންނަފުއްޓާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ މުރަކައިގެ ގިނަ ބާވަތްތަކެއް އުފެދިފައިވާ އަދި މަސްމަހާމެހިން މުއްސަނދި ސަރަހައްދެކެވެ. 

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި -1 ބައިނަލްއަޤްވާމީގޮތުން ފާހަގަކުރެވިފައިވާ ސަރަހައްދުތައް
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
2 ނޮވެމްބަރު 2023

ބުކިންގްސް

Activities
No activities.