ބ. ނެލިވަރު ސަރަހައްދު

B. ނެލިވަރުފިނޮޅު

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

ޖުމްލަ އޭރިއާ

665.28 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު
Baa Atoll BR Office - 6608466
Ranger Hotline - 7905949

ބ. ނެލިވަރު ސަރަހައްދަކީ ބ.ކުންފުނަދޫ ގެ އިރު އުތުރަށް އޮންނަ އެންމަޑި އެއްވާ ސަރަހައްދެކެވެ. މި ގޮތުން ހަނިފަރު ސަރަހައްދާއި އެއްގޮތަށް ޕްލާންކްޓަންސް ޖަމާވެ، އެއްމަޑި މި ސަރަހައްދަށް އެއްވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ. 2020 ގެ ނިޔަލަށް މި ސަރަހައްދުން 105 އެންމަޑި 119 ފަހަރު ފެނިފައިވެއެވެ. އަދި މި ސަރަހައްދަކީ އެންމަޑި ކާނާ ހޯދުމަށާއި، ވިހާ އާލާވުމަށް މުހިއްމު ސަރަހައްދެކެވެ. މީގެ އިތުރުން މިތަނުގެ އެންމެ ޙާއްޞަ އެއް ސިފައަކީ މިތިލައިގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން" އެއް އިންނަކަމެވެ. ބ. އަތޮޅަކީ ދުނިޔޭގެ ފެންވަރުގައި އެންމަޑީގެ ބޮޑު އާބާދީއެއް އުޅޭ ސަރަހައްދެއް ކަމަށްވުމުން އެންމަޑީގެ މިފަދަ މާހައުލުތައް ޙިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން މި ސަރަހައްދުގައި އޮންނަ ނެލިވަރު ފިނޮޅަކީ އައިންމަތީ ދޫނީގެ މުހިއްމު މާހައުލެކެވެ. މި ސަރަހައްދުގެ އޮއިވަރު ދެމެހެއްޓުމަށް މި ފިނޮޅަށް ބަދަލެއް ނުގެނެސް ޙިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ.

 

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި -1 ބައިނަލްއަޤްވާމީގޮތުން ފާހަގަކުރެވިފައިވާ ސަރަހައްދުތައް
  • ގިންތި 6 – ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއަރ
ހިމާޔަތް ކުރެވުނު ތާރީހު:
9/11/23

ބުކިންގްސް

Activities
No activities.