ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

ބ.ދަރަވަންދޫ ތިލަ

B.Dharavandhoo Thila

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

ބ. ދަރަވަންދޫ ތިލައަކީ ބ. ދަރަވަންދޫގެ ހުޅަނގު ފަރާތުގައި އޮންނަ ޤުދުރަތީގޮތުން ރީތި ސިފަތަކެއް ލިބިގެންވާ ތިލައެކެވެ. މި ސަރަހައްދުން އެކި ބާވަތްތަކުގެ މުރަކައާއި ފަރުމަހުގެ ދިރުންތައް ފެންނަކަމަށް ރެކޯޑް ކުރެވިފައިވެއެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު ތިލައެކެވެ. މިތަނުގެ އެންމެ ޙާއްޞަ އެއް ސިފައަކީ މިތިލައިގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން" އެއް އިންނަ ކަމެވެ. އަދި މި ތަނުން 2020 ގެ ނިޔަލަށް 521 އެންމަޑި 1672 ފަހަރު ފެނިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ. ބ އަތޮޅަކީ ދުނިޔޭގެ ފެންވަރުގައި އެންމަޑީގެ ބޮޑު އާބާދީއެއް އުޅޭ ސަރަހައްދެއް ކަމަށްވުމުން އެންމަޑީގެ މިފަދަ މާހައުލުތަކާއި ޑައިވަރުންގެ މެދުގައި މަޤްބޫލު ސަރަހައްދުތައް ޙިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އަޅުގަނޑުމެންނާ ގުޅާ.

ޕާމިޓްސް

  • ދިރާސާކުރުމުގެ ހުއްދަ

    Issued by ެެއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ)

    މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ރިސާޗްކުރުމަސް ދޫކުރެވޭ ޕާމިޓްއެކެވެ. މި ޕާމިޓް ދޫކުރަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިންނެވެ. ރިސާޗް ޕާމިޓް އަކަށް އެދި ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ.

    Apply on their portal: ދިރާސާކުރުމުގެ ހުއްދަ (އާ ޓެބެއްގައި ހުޅުވޭ)

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
132.58 ހެކްޓަރ
ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި -1 ބައިނަލްއަޤްވާމީގޮތުން ފާހަގަކުރެވިފައިވާ ސަރަހައްދުތައް, ގިންތި 6 – ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއަރ
ހިމާޔަތް ކުރެވުނު ތާރީހު
09 ނޮވެމްބަރު 2023

ކޮންޒަވޭޝަން އެކްޝަން ޕްލޭން

  • ބ. ދަރަވަންދޫ ތިލަ ސަރަހައްދުގެ ކޮންޒަވޭޝަން އެކްޝަން ޕްލޭން 2025-2035

    ފަންނީ މަގުދައްކުމާއި މިންގަނޑުތައް 2025 PDF އިނގިރޭސި ދިވެހި ނުސްޚާއެއް ނެތް