Kaafu (K)
ކ.ބޮޑުހިތި ތިލަ ސަރަޙައްދަކީ މާލެ އަތޮޅުގެ ހުޅަނގު ފަރާތުގައިވާ ސަރަޙައްދެކެވެ. ކ.ބޮޑުހިތި ތިލަ އަކީ ރަސްފަރި އާއި ކ.އުލާނީ ފަޅާއި ދޭތެރޭގައިވާ ކަނޑޔއޮޅި މެދުގައިވާ ތިލައެކެވެ. މިގޮތުން ގިނަ އަދަދެއްގެ މުރަކައާއި ފަރުމަސް އަދި ކަނޑުމަސް ދިރިއުޅެމުންދާ ތަނެކެވެ. ހަމަ އެހެންމެ ޤާނޫނީ ގޮތުން ޙިމާޔަތްކޮށްފައިވާ އަދި ދުމިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ މަހުޅުނބުލަނޑާ، އެންމަޑި، ކަހަނބު، ވައްބޯ މިޔަރު، ކައްޓަފުޅި މިޔަރު، އަދި ފީ މިޔަރު މި ސަރަޙައްދުން ފެނެއެވެ. އަދި މި ސަރަޙައްދަކީ އިރުވައި މޫސުމުގައި ގިނަ އަދަދެއްގެ އެންމަޑި ސާފުވުމަސް އެއްވެއުޅޭ ސަރަޙައްދެއް ކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ. ކ.ބޮޑުހިތި ތިލަ އަކީ މިހާރުވެސް އާންމު ގޮތެއްގައި ދިވެހީންނާއި ފަތުރުވެރިނއ ފީނުމަށް ބޭނުންކުރާ ތިލައެކެވެ.
Popular dive site and manta cleaning station.
Popular dive site and manta cleaning station.
<p>މިއީ ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ޑައިވިންގ ކުރުމަށް ދެވޭ ބުކިންގ ސާވިސްއެކެވެ. </p>
މިއީ ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ޑައިވިންގ ކުރުމަށް ދެވޭ ބުކިންގ ސާވިސްއެކެވެ.