ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް
English ލޮގިން

ކްރޮސްރޯޑްސް އޯ.އީ.ސީ.އެމް

CROSSROADS OECM

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

ކްރޮސްރޯޑްސް އޯ.އީ.ސީ.އެމް އަކީ ކ. ފިނޮޅު ފަޅުގައި އޮންނަ ކްރޮސްރޯޑްސް މޯލްޑިވްސް ރިޒޯޓުގެ ބައުންޑަރީ ތެރޭގައިވާ ސަރަހައްދެކެވެ. މި ސަރަހައްދަކީ 3 ޒޯނަކަށް ބަހާލެވިފައިވާ، ޖުމުލަ 1.71 އަކަ ކިލޯމީޓަރުގެ ފަރުގެ ސަރަހައްދެކެވެ.

މި އޯ.އީ.ސީ.އެމް ގައި ހިމެނޭ ފަރުގެ ސަރަހައްދަކީ އެކި ބާވަތުގެ މުރަކަ އާއި ގިނަ އަދަދެއްގެ މަހުގެ އާއިލާތައް ރިކޯޑްކުރެވިފައިވާ ސަރަހައްދެކެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ފަރުމަހުގެ އާއިލާތައް ހިމެނެއެވެ. ފަރުމަހުގެ އާއިލާ ގިނަވުމަކީ ފަރުގެ ޞިއްޙަތު ރަނގަޅުކަން ދައްކުވައިދޭ ކަމެކެވެ. އަދި މިސަރަހައްދަކީ ފަޅު މިޔަރު (Carcharhinus melanopterus)، އޮޅުފަތި މިޔަރު (Triaenodon obesus)،މާހުޅުނބު ލަނޑާ (Cheilimus undulates)، ގެ އިތުރުން އަ.އި.ޔޫ.ސީ.އެން ރެޑް ލިސްޓާއި މޯލްޑިވްސް ރެޑް ލިސްޓްގައި ނެތިދިއުމުގެ ބިރު ހީވެފައިވާކަމަށް ރިކޯޑްކޮށްފައިވާ ކަހަނބު (Eretmochelys imbricata)، ފެންނަ ސަރަހައްދެކެވެ. މީގެ އިތުރުން، މި އޯ.އީ.ސީ.އެމްގެ ޒޯން 3 އިން ގިނަ އަދަދެއްގެ ކޯމަހުގެ ބާވަތްތައް ފެންނަ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

ރަސްމީ ނަކްޝާ ޑައުންލޯޑް ކުރޭ (PDF)

ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އަޅުގަނޑުމެންނާ ގުޅާ.

ޕާމިޓްސް

  • ދިރާސާކުރުމުގެ ހުއްދަ

    Issued by ެެއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ)

    މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ރިސާޗްކުރުމަސް ދޫކުރެވޭ ޕާމިޓްއެކެވެ. މި ޕާމިޓް ދޫކުރަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިންނެވެ. ރިސާޗް ޕާމިޓް އަކަށް އެދި ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ.

    Apply on their portal: ދިރާސާކުރުމުގެ ހުއްދަ (އާ ޓެބެއްގައި ހުޅުވޭ)

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
މެނޭޖްމަންޓް ޕްލޭންގެ ހާލަތު
އެޕްރޫވްކުރެވިފައި
ޖުމްލަ އޭރިއާ
171.00 ހެކްޓަރ
ދިރިއުޅޭ ވެށީގެ ބާވަތްތައް
މެރިން