ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

ދަޑިމަގު ކިޅިއާއި އެކިޅި އިންވެގެންވާ ޗަސްބިން

Dhadimagi kilhi

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

ފުވައްމުލަކުގެ އުތުރުކޮޅުން ދަޑިމަގު އަވަށާއި ދިގުވާގަނޑު އަވަށާއި ހޯދަޑު އަވަށުގެ މެދުގައި އޮންނަ ދަޑިމަގި ކިޅިއާއި ގުޅިފައިވާ ޗަސްބިމުގެ ސަރަހައްދަކީ ޤުދުރަތީގޮތުންނާއި ވެށީގެ ގޮތުން މުއްސަނދި ސަރަޙައްދުތަކެކެވެ. މިސަރަޙައްދު މައިގަނޑު ދެބަޔަކަށް ބެހިފައިވެއެވެ. އެއީ ދަނޑިމަގުކިޅި އާއި އެކިޅިއާއި ގުޅިފައިފާ ޗަސްބިމުގެ ސަރަޙައްދެވެ. ދަނޑިމަގުކިޅި އަދި ވަށައިގެންވާ ޗަސްބިމަކީ އެތައް މުއްސަނދިކަމެއްލިބިފައިވާ ދެސަރަހައްދެވެ. ދަންޑިމަގުކިޅިއަކީ ފުވައްމުލަކުގައިވާ މީރުފެނުގެ ދެކިޅިތަކުގެ ތެރެއިން އެއްކިޅިއެވެ. މިކިޅިއަކީ ޚިލާފަށް ޤްދުރަތީ ގޮތުން ޢާދަޔާ ޚިލާފު ސިފަތަކެއް ލިބިގެންވާ މީރުފެނުގެ ކިޅިއެކެވެ. ދިރޭތަކެތީގެ މުއްސަނދިކަމާއި ގަސްގަހާގެހީގެ މުއްސަނދިކަން ލިބިގެންވާ މިކިޅި އަކީ ޤްދުރަތީ ގޮތުން އަޖައިބުކުރުވަނިވި ސިފަތަކެއް ލިބިގެންވާ މާޙައުލެކެވެ. އެމާޙައުލެއްގައި އެއްދިރުން އަނެއްދިރުމާއި ގުޅިލާމެހިފައިވާ ނަމޫނާ ސަރަޙައްދެކެވެ. ފުންމިނުގައި 3 ފޫޓް ހުންނަ މިކުޅިއަކީ ތަފާތު ދިރުންތަކުން މުއްސަނދި މާޙައުލެކެވެ. ކުޅީގެ މީރުފެނުގައި ތަލާޕިޔާ ( ފޫޓުމަސް) ފުވައްމުލަކު މީހުން ކިޔާނަމުންނަމަ ފެނަމަހާއި ބަންގާޅުމަސް ދިރިއުޅެއެވެ. މީގެ އިތުރުން ބޭންގު ދިރިއުޅެފައިވާ ސަރަޙައްދެއްގެ ގޮތުގައި މިސަރަޙައްދު ފާހަގަކުރެވެއެވެ. ކުޅީގެ ވަށައިގެން ހެދިފައިވާ ގަސްތަކަކީ އެގަސްތަކެއްގެ ސަބަބުން ކުޅިއަށް އިތުރު މުއްސަނދިކަމެއް ގެނެސްދޭ ބައެކެވެ. ވައިގެން ބޯކަށިކޭލާއި ތަފާތު ވިނަ އަދި ފަތްޕިލާވެލި ގިނަ ޢަދަދަކަށް ވަނީ ހެދިފައެވެ. ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލީގެ އިތުރުން އަލަވެސް މިސަރަޙައްދުގައި ހެދިފައިވެއެވެ. ގަސްތަކުގެ ތެރޭގައި ތަފާތު ދިރުންތައް އެތަކޭތީގެ ގެދޮރު ހަދައިގެން އުޅޭއިރު އެތަކެތީގެ ކެއުމަށް ބޭނުންވާ ބާވަތްތައް ކިޅީގެ ވަށައިގެންވާ މާޙައުލުންލިބެއެވެ. މިގޮތުން މިތަނަށް ޒިޔާރަތްކުރާ ދޫނި ތަކަކަށް ޙާއްސަ މާޙައުލެއް މި ސަރަޙައްދުން ލިބިދެއެވެ. ދިވެހިރާއްޖޭގައި މިފަދަ މުއްސަނދި ތަފާތު މާޙައުލުތައް ގިނަ ރަށެއްގެ ގޮތުގައި ފުވައްމުލައް ފާހަގަކުރެވެއެވެ. ދަނޑިމަގުކިޅި އަދި ކިޅިއާއި ގުޅިފައިވާ ޗަސްބިމުގެ ސަރަހައްދަކީ ވެށީގެ ގޮތުން ޙާއްސަ ސިފަތަކެއްލިބިފައިވާ ސަރަޙައްދުތަކެކެވެ. މިގޮތުން ތަފާތު ގަސްހާގެހި އަދި އެހެނިހެން ދިރުންތައް ފާހަގަކުރެވެއެވެ. ގަސގަހާގެހީގެ ތެރޭގައި ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތްތަކާއި ވިނަ އާއި ބޯކަށިކޭލުގެ އިތުރުން އަލަވެސް ފާހަގަކުރެވެއެވެ. ކުޅީގެ ފެންގަނޑުގައި ދިރިއުޅޭ މަސްމަހާއި މެއްސަކީ އެސަރަހައްދުގައި އެސަރަޙައްދަށް ޒިޔާރަތްކުރާ ދިރުންތަކުގެ ކާނާކަމުގައިވުމުން، ދިރުންތައް އާލާވުމަށް އެހީއަކަށްވެއެވެ. މިކަމުން އެސަރައްދުގެ ވެއްޓަށް އިތުރު ރީތިކަމަކާއި މުއްސަނދިކަމެއް ގެނެސްދެއެވެ. ދަނޑިމަގު ކިޅި އަދި ކިޅިއާއި ގުޅިފައިވާ ޗަސްބިމުގެ ސަރަހައްދަކީ ވާރޭވެހޭ މޫސުމުގައި ރަށުތެރޭގައި ހެދޭފެން ހިންދުމަށް އެހީތެރިވެދޭ ދެ ސަރަޙައްދެވެ. ދަނޑިމަގު މިގޮތުން ހިމެނިފައިވަނީ ރާއްޖޭގައިވާ މީރުފެނުގެ ރިޒާވް ކަމުގައެވެ. ފުވައްމުލަކަކީ މެދަށް އަޑިކޮށް ރަށުގެ ވަށައިގެން އުސްކޮށް ބޯތައްޓެއްގެ ސިފައިގައި އުފެދިފައިވާ ރަށަކަށް ވުމާއި އެކު ޗަސްބިމަށް ފެންހިނދުމުން ރަށުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަރަށްބޮޑު ޙައްލަކަށް ވެއެވެ.

ބުކިންގްތަކާއި ފީ

  • ދަނޑިމަގު ކިޅި ދިވެހި ރައްޔިތުން
    ރުފިޔާ 5 ކޮންމެ މީހަކަށް

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
69.00 ހެކްޓަރ
ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
1000
ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު
18 ޖޫން 2012
އިކޯސިސްޓަަމް ޓައިޕޮލޮޖީ
ެމެންގްރޫވް

ރިސޯސަސް

ހުރިހާ ރިސޯސް

ގުޅުއްވާ

ދިވެހި ރައްޔިތުން · ރުފިޔާ 5 ޒިޔާރަތަށް ބުކިން ކުރޭ