ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

ގާތުގިރި

Gaathugiri/ Aiydhashugiri

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

ބަނާނާ ރީފްގައި ޑައިވްކުރަން އެންމެ ރަނގަޅުކަމަށް ފާހަގަކުރެވިފައިވަނީ އެ ފަރުގެ އުތުރު ފަރާތުންނެވެ. ފަރުގެ އިރުއުތުރުފަރާތުން ވަކިވަކިން އުފެދިފައިވާ ބިޔަ ގާތަކެއް އޮންނައިރު, މި ތަނުގެ ކަނޑުއަޑީގެ މަންޒަރުތަކަކީ އަޖައިބުކުރުވަނިވިފަދަ މަންޒަރުތަކެކެވެ. ފަރުގެ ހުޅަނގުއުތުރު ފަރާތް ބޭރަށް ނުކުމެފައި އޮތުމުން, އަޑީގައި ބޮޑު ހޮހޮޅައެއްގޮތަށް އުފެދިފައިއޮވެއެވެ. އިރުމަތީ ފަރާތުން އަންނަ އޮއިވަރުގެ ބާރުގަދަކަމުން ކަނޑު އަޑީގައި ވަރުގަދަ އޮއިވަރެއް މި ސަރަހައްދުގައި އުފެދެއެވެ. މި ފަރުގެ މަތީގައި ވަރަށް ރަނގަޅަށް ޓޭބަލް ކޮރަލް އުފެދިފައިވެއެވެ. މި ސަރަހައްދުގައި ފަރުގައި ދިރިއުޅޭ އެކި ބާވަތުގެ މަސްތައް ގިނަ އަދަދަކަށް ފެންނައިރު, ފަރުގެ ކޮރަލް ކަވާ ވަރަށް ރަނގަޅެވެ. މިގޮތުން ގިނަ އަދަދަކަށް ސޮފްޓް ކޮރަލް އަދި ގޯގޯނިއަންސް އުފެދިފައިވެއެވެ.

ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އަޅުގަނޑުމެންނާ ގުޅާ.

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
4.42 ހެކްޓަރ
ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
81034
އެހެނިހެން ނަން
ްބަނާނާ ރީފް
ހިމާޔަތް ކުރެވުނު ތާރީހު
27 ސެޕްޓެބަރު 1995

ރިސޯސަސް

ހުރިހާ ރިސޯސް