ގުޅިފަޅުގެ މެދުގައި އޮންނަކޮށްލަވާނީ

Kaafu (K)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

81025

ޖުމްލަ އޭރިއާ

10.80 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ހާންސް ހާސް ޕްލޭސް އަކީ މާލެ އަތޮޅު އުތުރުބުރިން ބޭރުން ވާދޫ ނެރު ދެކުނަށްވާގޮތަށް އޮންނަ ސަރަހައްދެކެވެ. މިއީ ފަރުތެރޭގައިވާ ހުސްތަނެއްގައި އޮންނަ 100 މީޓަރު ދިގު ސަރަހައްދެކެވެ. މި ފަރުގެ ސަރަހައްދުގައި 3 މީޓަރުގެ ފުންމިން ހުރެއެވެ. މިއަށްފަހު މި ފަރު އަރިމަތިން 8-10 މީޓަރުގެ ފުންމިނުގައި އެލިފައިވާ ފަރުގެ ނިޒާމުތަކެއް ހުރެއެވެ. މިތާގެ ހުޅަނގު ސަރަހައްދުގައި 10-15 މީޓަރުގެ ފުންމިނުގައި ވަނީ ބޮޑު ހޮހޮޅައެކެވެ. މީގެއިތުރުން 20-25 މީޓަރުގެ ފުންމިނުގައި އެލިފައިވާ ފަރުގެ ނިޒާމުތައްވެސް ވެއެވެ. މިތަނަށް ނަން ދެވިފައިވަނީ ރާއްޖެއަށް ޑައިވިންގް ތައާރަފުކޮށްދިނުމުގައި އެންމެ ފާހަގަކޮށްލެވޭ އެކަކު ކަމުގައިވާ ހާންސް ހާސްގެ ނަމުގައެވެ. މި އެލިފައިވާ ފަރުގެ ނިޒާމުތަކުގެ ސީލިންގުތަކުގައި ދަނބު ކުލައިގެ ސީ ފޭންސް ހެދިފައި ހުރެއެވެ. މީގެއިތުރުން ހޮހޮޅަތަކުގައި ގިނަ ބާވަތްތަކުގެ ފާނައާއި, ދަންބޮނޑާއި ހިޔަނި ދަންބޮޑު އުޅެއެވެ. މި ފަރުން އާންމުކޮށް ފެންނަ މަސްތަކުގެ ތެރޭގައި ފަންކާ ފަތިރޮނޑާއި, ތޮޅިމަހާއި ތިއްޖެހި ގާބޯ ހިމެނެއެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
27 ސެޕްޓެބަރު 1995

ބުކިންގްސް

Activities
No activities.