ގުރައިދޫ ކަނޑުއޮޅި

Kaafu (K)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

81027

ޖުމްލަ އޭރިއާ

352.00 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ކ.ގުރައިދޫ ކަނޑުއޮޅިއަކީ ކ.ގުރައިދޫގެ ދެކުނަށް އޮންނަ، ފުންމިނުގައި 10 މީޓަރާއި 30 މީޓަރު ހުންނަ ކަނޑު އޮޅިއެކެވެ. މިއީ ޑައިވަރުންގެ މެދުގައި ވަރަށް މަޝްހޫރު، ކަނޑާއި ފަރުގެ ދިރުންތަކުން މުއްސަނދި ސަރަހައްދެކެވެ. ކ.ގުރައިދޫ ކަނޑުއޮޅީގެ މެދުގައި އޮންނަ ފަރެއް ކަމުގައިވާ، މެދުފަރުގެ ސަބަބުން މި ކަނޑުއޮޅި ދެ ބަޔަކަށް ބެހިގެންވެއެވެ. މި ސަރަހައްދުން ފެންނަ ކަމަށް ރިކޯޑް ކުރެވިފައިވާ ޙާއްސަ ދިރުންތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ހިމާޔާތްކޮށްފައިވާ އަދި ބައިނަލްއަޤްވާމީ ގޮތުން ނެތި ދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުގައިވާ އޮޅުފަތި މިޔަރު، ކާލިގަނޑު މިޔަރު، ވަށްބޯ މިޔަރު، މާ ހުޅުނބު ލަނޑާ، އެންމަޑި އަދި މަޑިމިޔަރު ހިމެނެއެވެ. މީގެ އިތުރުން މި ސަރަހައްދުން ގިނަ އަދަދަކަށް ވެލާކަހަނބާއި، ރަތްމަހާއި، ފަރުތޮޅިއާއި، ވެން، ކަނޑުގައި ދިރިއުޅޭ މަސްމަހާމެހި ވެސް ފެނެއެވެ. އަދި ތަފާތު ބާވަތްތަކުގެ މުރަކާއާއި، ހޮހޮޅަތަކާއި އެހޮހަޅަތަކުގެ އެތެރޭގެ ދިރުންތަކަކީ މި ތަނުގެ މުއްސަނދިކަން އިތުރުކޮށްދޭ ދިރުންތަކެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 6 – ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއަރ
ހިމާޔަތް ކުރެވުނު ތާރީހު:
27 ސެޕްޓެބަރު 1995

ބުކިންގްސް

Activities
No activities.