ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

ހއ.ބިލެތްދޫ ތިލަ ސަރަހައްދު

H A. Bilehdhoo Thila

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

ބިލެތްދޫ ތިލައަކީ އިހަވަންދިއްޕޮޅު އަތޮޅު އުތުރުބިތުގައި އޮންނަ 227 ހެކްޓަރުގެ ތިލައެކެވެ. މިތިލައަކީ ރާއްޖޭގެ އެންމެ އުތުރުން ފީނާމީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ތިލައެވެ. މިތިލައަކީ، އެކި ނަސްލުތަކުގެ ދިރުންތައް ގިނައަދަދަކަށް އުޅޭ ، ރާއްޖޭގެ ނިސްބަތުން ގުނާލެވޭ މަޝްހޫރު ޑައިވް ސައިޓެކެވެ. މިތިލަ ޚާއްސަވެފައިވަނީ އެއް ސަރަހައްދަކުން އެންމެ ގިނަ ބާވަތްބާވަތުގެ ކަނޑުއަޑީގެ ދިރުންތަކައް ގިނަ ޢަދަދަކަށް ފެންނަ އަދި ދިރިއުޅޭ ސަރަހައްދެއްގެ ގޮތުގައި ނުވަތަ "އެކުއޭރިއަމް" އެއްގެ ގޮތުގައެވެ. މިގޮތުން އެންމަޑި، މާހުޅުނބު ލަނޑާ، މިޔަރު، ވެލާކަހަނބު ފަދަ މުޙިއްމު ދިރުންތައް ދިރިއުޅެއެވެ. އަދި މިތިލަ ސަރަހައްދުގައި މަންޓާ ކްލީނިން ސްޓޭޝަނެއް ހިމެނެއެވެ. މިގޮތުން 20 މީޓަރުގައި ތަފާތު ބާވަތުގެ ދިރުންތަކާއި، އެއަށްވުރެ އަޑީގައި ބޮޑެތި ހޮހޮޅަތަކެއްވެސް ހުރެއެވެ. އަދި މިހޮހޮޅަތައް ފުރިފައިވަނީ، ގިނަ އަދަދެއްގެ ނިދަން މިޔަރު (ނަރސް ޝާކް) އިންނެވެ. އަދި މިތިލައިގެ "ޓޮޕް ރީފް" އިން އެންމަޑި އާއި ވޮށިމަސް ގިނަ އަދަދަކަށް ފެނެއެވެ.

ރަސްމީ ނަކްޝާ ޑައުންލޯޑް ކުރޭ (PDF)

ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އޮފީހަށް ގުޅާ.

ގަވާއިދުތައް

ޒިޔާރަތްކުރާއިރު މި ގަވާއިދުތަކަށް އަމަލުކުރައްވާ.

  • އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ މަނާކަމެކެވެ.
  • މި ސަރަހައްދުގައި ބިން ހިއްކުމާއި ފަޅު ފުންކުރުމަކީ މަނާކަމެކެވެ.
  • މި ސަރަހައްދުން ގައު، ވެލި، މުރަކަ، އަކިރި މެގުމަކީ މަނާކަމެކެވެ.
  • ެއެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރ ގެ މަސައްކަތްކުރުން
  • އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  • ދޫނިސޫފާސޫފި ހިފުމާއި، ނެގުމާއި މެރުން

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
4,338.00 ހެކްޓަރ
ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
555697572
ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި 6 – ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއަރ
ހިމާޔަތް ކުރެވުނު ތާރީހު
16 ޖޫން 2019
އިކޯސިސްޓަަމް ޓައިޕޮލޮޖީ
މެރިން, ޓެރެސްޓްރިއަލް

ދިރުންތައް

ހުރިހާ ދިރުންތައް

ރިސޯސަސް

ހުރިހާ ރިސޯސް

ގުޅުއްވާ