ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

ހއ. ގައްލަންދޫ ރަށާއީ، ފަޅާއި، ފަރުގެ ސަރަހައްދު

H A. Gallandhoo

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

ގައްލަންދޫ އަކީ އިހަވަންދިއްޕޮޅު އަތޮޅުގެ ދެކުނު ބިތުގައި އޮންނަ 12 ހެކްޓަރުގެ ގާމަތީ ރަށެކެވެ. މިރަށަކީ ޤުދުރަތީގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ރަށެކެވެ. މިގޮތުން މިރަށުގެ ޤުދުރަތީ މުއްސަނދިކަން އެންމެ ބޮޑަށް ދައްކުވައިދެނީ މިރަށުގެ ގަސްކަރައާއި ފެހިކަމެވެ. މިރަށަކީ ބިންގަނޑުގެ މުއްސަނދިކަން ރަނގަޅު ގިނަ އަދަދަކަށް ގަސްހެދިފައި އޮންނަ ރަށެކެވެ. މިރަށުގެ ކަނޑޫފަލާއި ކުޅިއަކީ ވެސް ރަށުގެ ޤުދުރަތީ މުއްސަނދިކަމާއި ތިމާވެށީގެ ޚާއްސަކަން ރަމްޒުކޮށްދޭ ތަނެކެވެ. މީގެ އިތުރުން މިރަށަކީ އިރުވައި މޫސުމަށް ދޫނި ނިދަންއަރާ، ޅޮސް ގަސް ގިނަ، ވަށައިގެން ފަރުގެ ދިރުންތައް މުއްސަނދި، އަދި ވެލާ ބިސްއަޅާ ރަށެކެވެ.

ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އޮފީހަށް ގުޅާ.

ގަވާއިދުތައް

ޒިޔާރަތްކުރާއިރު މި ގަވާއިދުތަކަށް އަމަލުކުރައްވާ.

  • އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ މަނާކަމެކެވެ.
  • މި ސަރަހައްދުގައި ބިން ހިއްކުމާއި ފަޅު ފުންކުރުމަކީ މަނާކަމެކެވެ.
  • މި ސަރަހައްދުން ގައު، ވެލި، މުރަކަ، އަކިރި މެގުމަކީ މަނާކަމެކެވެ.
  • ެއެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރ ގެ މަސައްކަތްކުރުން
  • އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ /އަދި ހާއްޔައް ގެއލުން ދިނުން
  • އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  • ދޫނިސޫފާސޫފި ހިފުމާއި، ނެގުމާއި މެރުން

ޕާމިޓްސް

  • ދިރާސާކުރުމުގެ ހުއްދަ

    Issued by ެެއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ)

    މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ރިސާޗްކުރުމަސް ދޫކުރެވޭ ޕާމިޓްއެކެވެ. މި ޕާމިޓް ދޫކުރަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިންނެވެ. ރިސާޗް ޕާމިޓް އަކަށް އެދި ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ.

    Apply on their portal: ދިރާސާކުރުމުގެ ހުއްދަ (އާ ޓެބެއްގައި ހުޅުވޭ)

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
251.00 ހެކްޓަރ
ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
555697567
ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި 2 - ސްޓްރިކްޓް ނޭޗަރ ރިޒާވް
ހިމާޔަތް ކުރެވުނު ތާރީހު
16 ޖޫން 2019
ދިރިއުޅޭ ވެށީގެ ބާވަތްތައް
މެރިން, ޓެރެސްޓްރިއަލް, ެމެންގްރޫވް

ޢިއުލާން

  • ބޮޑުތިލަދުންމަތީ 11 ސަރަޙައްދު_އިނގިރޭސި

    ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް PDF އިނގިރޭސި ދިވެހި ނުސްޚާއެއް ނެތް

  • ބޮޑުތިލަދުންމަތީ 11 ސަރަޙައްދު

    ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް PDF ދިވެހި

ގުޅުއްވާ