HDh. ފިނޭ
ލިސްޓްކުރެވިފައެއް ނެތް.
މިތިލައަކީ ހދ. ފިނޭގެ ދެކުނުފަރާތު ރަށާއި ގާތްގަޑަކަށް 250 (ދުވިސައްތަ ފަންސާސް) މީޓަރު ދުރުގައި އޮންނަ ތިލައެކެވެ. މިސަރަހައްދު އެކުލެވިގެންވަނީ މައި ދެ ތިލަގަޑެއްގެ ގޮތުގައެވެ. އޭގެތެރެއިން ބޮޑު ތިލަ 12 (ބާރަ) މީޓަރުން ފެށޭއިރު ކުޑަކޮށް އޮންނަ ތިލަ ފެށެނީ 18 (އަށާރަ) މީޓަރުން ނެވެ. ފިނޭ ތިލައަކީ ގިނައަދަދަކަށް ރީނދޫ، ނޫ އަދި އޮރެންޖް ކުލައިގެ މަޑު މުރަކަ (ސޮފްޓް ކޮރަލް) ގިނައަދަދަކަށް ހިމެނޭ ސަރަހައްދެކެވެ. މިސަރަހައްދުގައިވާ ދެތިލަ ދޭތެރެއަކީ ޑައިވަރުން ވަރަށް ޝައުގުވެރިވާ އަދި ވައި ފިޔަ މަޑި (އީގަލް ރޭ)، މާހުޅުބު ލަނޑާ، ތިލަ މިޔަރު (ގުރޭރީފް ޝާކް) އަދި ލައްޓި ފަދަ ބޮޑެތި ދިރުންތަށް ފެންނަ ސަރަހައްދެކެވެ. މީގެ އިތުރުން މިސަރަހައްދުން ކުދި ދިރުންތަށް ކަމުގައިވާ ޑިނގާ، އިހި އަދި ނޫޑި ބުރާންޗްގެ ބާވަތްތައް ވެސް ގިނަ އަދަދަކަށް ފެނެއެވެ. މިސަރަހައްދުގައި ގިނަ އަދަދަކަށް ދޮންނޫމަސް އަދި ހަނދި ވެސް އުޅޭކަމުގައި ޑައިވަރުން ފާހަގަކޮށްފައިވެއެވެ.