ހދ. ނޭކުރެންދޫ ކުޅި، ފާ، ޗަސްބިމުގެ ސަރަހައްދު
H Dh. Neykurendhoo Wetland
- ހދ
މި ސަރަހައްދާ ބެހޭ
ނަކްޝާ ލޯޑް ވަނީ…
މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.
ހދ. ނޭކުރެންދޫއަކީ އުފެދިފައިވާ ގޮތުން އެރަށުގެ އިރުދެކުނު ފަރާތުގެ ބޮޑުބައެއްގައި ކުޅި، ފާ، ޗަސްބިން ހިމެނޭ ރަށެކެވެ. 162 ހެކްޓަރުގެ މިރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުގެ ބޮޑުމިނަކީ 31 ހެކްޓަރެވެ. އަދި ކުޅި، ފާ، ޗަސްބިން ހިމެނޭ ސަރަހައްދަކީ 28.3 ހެކްޓަރެވެ. ރާއްޖޭގައި ފެންނަ 14 ބާވަތުގެ މެންގްރޫވް ގަހުގެ ތެރެއިން 6 ބާވަތެއްގެ ގަސް މި ކުޅީގެ ސަރަހައްދުން ފެނެއެވެ. މި ސަރަހައްދަކީ އިރުވައި މޫސުމަށް ގިނަ އަދަދެއްގެ، ގިނަ ބާވަތްތަކެއްގެ ހިޖުރަކުރާ ދޫނި ޒިޔާރަތް ކުރާ ސަރަހައްދެކެވެ. އަދި މީގެ އިތުރުން މިސަރަހައްދަކީ އެކި ބާވަތުގެ ކަކުންޏާއި ގިނަ އަދަދެއްގެ ދިރޭތަކެތީގެ މާހައުލެކެވެ.
ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އޮފީހަށް ގުޅާ.
ގަވާއިދުތައް
ޒިޔާރަތްކުރާއިރު މި ގަވާއިދުތަކަށް އަމަލުކުރައްވާ.
-
އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ މަނާކަމެކެވެ.
-
މި ސަރަހައްދުގައި ބިން ހިއްކުމާއި ފަޅު ފުންކުރުމަކީ މަނާކަމެކެވެ.
-
މި ސަރަހައްދުން ގައު، ވެލި، މުރަކަ، އަކިރި މެގުމަކީ މަނާކަމެކެވެ.
-
އެއްވެސް "ޕޮލިއުޓެންޓެއް" ދޫކުރުން ނުވަތަ/އަދި ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުން
-
ެއެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރ ގެ މަސައްކަތްކުރުން
-
އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ /އަދި ހާއްޔައް ގެއލުން ދިނުން
-
އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
-
މަސްމަހާ މެއްސާއި ދޫނިސޫފާސޫފި ހިމެނޭ ގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅުން
-
ދޫނިސޫފާސޫފި ހިފުމާއި، ނެގުމާއި މެރުން
މަޢުލޫމާތު
- ސްޓޭޓަސް
- ޑެޒިގްނޭޓެޑް
- ޖުމްލަ އޭރިއާ
- 71.87 ހެކްޓަރ
- ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
- 555697559
- ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
- ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
- ހިމާޔަތް ކުރެވުނު ތާރީހު
- 30 ޑިސެމްބަރ 2018
- އިކޯސިސްޓަަމް ޓައިޕޮލޮޖީ
- ެމެންގްރޫވް