ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

ކުޑަ ކަނޑު ސަރަހައްދު

Kuda Kandu

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

މިސަރަހައްދަކީ ބޮޑެތި ކަޑުގެ ދިރުންތައް ގިނައަދަދަކަށް ފެންނަ ތަނެއްކަމުގައި މިސަރަހައްދަށް ފީނައި އުޅޭ ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން، މިސަރަހައްދުން ގިނަ އަދަދަކަށް ވެލާ، ވައިފިޔަ މަޑި އަދި ކޯމަސް ފެންނަކަމުގައި ވެއެވެ. މީގެ އިތުރުން، މިސަރަހައްދަކީ ބޮޑެތި މުރަކަ އާއި މަސް ގިނައަދަދަކަށް އޮންނަ ސަރަހައްދެއްކަމުގައިވެސް އެފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން މިސަރަހައްދުން ގިނަވައްތަރުގެ ވައްތަރެއްގެ މުރަކައާއި ވައްތަރުގެ މަސް ފެނިފައިވެއެވެ. މިސަރަހައްދުގައި ކުރެވުނު ސާވޭގައި، މިސަރަހައްދުން ފެންނަކަމަށް ބުނާ ބޮޑެތި ދިރުމުގެ ތެރެއިން ހަމައެކަނި ފެނިފައިވަނީ ވެލައެވެ. ވެލާތައް ފެނިފައިވަނީ ފަރުގެ ކަންމަތީގައި ހެދިފައިވާ ބޮޑެތި ހިރިގައުތަކުގެ ދަށުގައި މަޑު ކޮއްލައިގެން އޮއްވައެވެ. ވެލާ އަކީ އެސޮރުމެން ނިދުމާއި އަރާމުކުރުމަށް ވަކި ގޮތަކަށް ހެދިފައި ހުންނަ ގާގަލުގެ މަތި ނުވަތަ އަޑި ހިޔާރުކުރާ ޖަނަވާރެކެވެ. މިސަރަހައްދަކީ އެފަދަ ސަރަހައްދެއްކަމުގައި ވުމަކީ އެކަސީގެންވާކަމެކެވެ. ވެލާ ކަހަބަކީ ހިމާޔަތްކުރެވިފައިވާ ޖަނަވާރެއްކަމުގައި ވުމާއި އަދި ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުމެއްކަމުން، މިސަރަހައްދު ހިމާޔަތް ވެގެން ދިއުމަކީ ވެލާ ކަހަބުގެ ދިރުމަށް މުހިއްމުކަމެކެވެ.

ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އޮފީހަށް ގުޅާ.

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
462.00 ހެކްޓަރ
ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
555705965
ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު
22 ސެޕްޓެންބަރު 2020

ރިސޯސަސް

ހުރިހާ ރިސޯސް

ގުޅުއްވާ