ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު
L. Bodu Finolhu adhi Vadinolhu Kandu Olhi sarahahdhu
- ލ
މި ސަރަހައްދާ ބެހޭ
ނަކްޝާ ލޯޑް ވަނީ…
މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.
ލ.ވަޑިނޮޅު ކަނޑުއޮޅިއަކީ ހައްދުންމަތީގެ ހުޅަނގު އުތުރު ބިތުގައިވާ ކަނޑުއޮޅިއެކެވެ. މި ކަނޑުއޮޅިއަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ޑައިވަރުންގެ މެދުގައި މަޤްބޫލު ސަރަހައްދެކެވެ. މި ސަރަހައްދަކީ ފާނައާއި މާހުޅުނބުލަނޑާ ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. އަދި ބައިނަލްއަޤްވާމީގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ، ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން، އެންމަޑި Reef Manta Ray, Mobula Alfredi))، ވެލާ Green turtles, Chelonia mydas))، ކަހަނބު (Hawksbill turtles, Eretmochelys imbricate)، އަދި އެކި ބާވަތްތަކުގެ މިޔަރު މި ސަރަހައްދުން ފެންނަ ކަމަށް ރެކޯޑް ކޮށްފައިވައެވެ. މި ސަރަހައްދުގައިވާ ބޮޑު ފިނޮޅަކީ އައިންމަތީ ދޫނި، ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ.
ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އަޅުގަނޑުމެންނާ ގުޅާ.
ޕާމިޓްސް
-
Apply on their portal: ދިރާސާކުރުމުގެ ހުއްދަ (އާ ޓެބެއްގައި ހުޅުވޭ)
ދިރާސާކުރުމުގެ ހުއްދަ
Issued by ެެއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ)
މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ރިސާޗްކުރުމަސް ދޫކުރެވޭ ޕާމިޓްއެކެވެ. މި ޕާމިޓް ދޫކުރަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިންނެވެ. ރިސާޗް ޕާމިޓް އަކަށް އެދި ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ.
މަޢުލޫމާތު
- ސްޓޭޓަސް
- ޑެޒިގްނޭޓެޑް
- ޖުމްލަ އޭރިއާ
- 706.02 ހެކްޓަރ
- ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
- ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
- ހިމާޔަތް ކުރެވުނު ތާރީހު
- 23 ޑިސެމްބަރ 2021
ރިސޯސަސް
ނޮލެޖް ރިޕޮޒިޓަރީގައި ހުޅުވާޢިއުލާން
-
ލާމު އަތޮޅު 6 ސަރަޙައްދު_އިންގިރޭސި
ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް PDF އިނގިރޭސި ދިވެހި ނުސްޚާއެއް ނެތް
-
2021 ލާމު އަތޮޅު ޕްރޮޓެކްޓެޑް އޭރިއާ
ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް 2021 PDF ދިވެހި