ލ. ގާދޫ - ހިތަދޫ ކަނޑު ސަރަހައްދު

Laamu (L)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

ޖުމްލަ އޭރިއާ

777.04 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ހައްދުންމަތީގެ ދެކުނު ބިތުގައި، ގާދޫ އަދި ހިތަދޫގެ މެދަށް ވާގޮތަށް އޮންނަ ގާދޫ-ހިތަދޫ ކަނޑަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ސަރަހައްދެކެވެ. މި ގޮތުން މި ސަރަހައްދަކީ ފަރުމަހުގެ ބާވަތްތައް، ބިސް ދޫކޮށް ވިހާ އާލާވާކަމަށް ރިކޯޑް ކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެންމަޑި (Reef Manta Rays, Mobula Alfredi)، މާހުޅުނބު ލަނޑާ (Napolean Wrasse, Cheilinus undulates)، އަދި ދެ ބާވަތެއްގެ ވެލާ ކަހަނބު ހިމެނެއެވެ. މި ބާވަތްތަކަކީ ވެލާ Green turtles, Chelonia mydas)) އާއި ކަހަނބު (Hawksbill turtles, Eretmochelys imbricate) އެވެ. މީގެ އިތުރުން ތަފާތު ބާވަތްތަކުގެ މިޔަރާއި، ފެހުރިހި، އަދި މަޑި މި ސަރަހައްދުން ފެންނަކަމަށް ރިކޯޑް ކުރެވިފައިވެއެވެ. މި ދިރުންތަކަކީ ބައިނަލްއަޤްވާމީގޮތުން ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރުންތަކެއް ކަމުން، މިފަދަ ދިރުންތަކުގެ އާބާދީ ދެމެހެއްޓުމަށް މި ސަރަހައްދު ޙިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 6 – ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއަރ
ހިމާޔަތް ކުރެވުނު ތާރީހު:
23 ޑިސެމްބަރ 2021

ބުކިންގްސް

Activities
No activities.