ލ. ގާދޫ ރަށުގެ ވެލާ އަރާ ސަރަޙައްދާއި ޗަސްބިމާއި، ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދު

L. ގާދޫ

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

ޖުމްލަ އޭރިއާ

614.88 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ލ.ގާދޫ އަކީ 2016 ވަނަ އަހަރު ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ، އޭގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. މި ރަށުގައި ހިމާޔަތްކޮށްފައިވާ މާހައުލުތަކުގެ ޚާއްޞަ ސިފަތައް ތިރީގައި ބަޔާންކޮށްފައިވާނެއެވެ. ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށް އަދި ވަށައިގެންވާ ފަރާއި މޫދު ވިނަތައް: މިއީ ދިވެހިރާއްޖޭގައި ވެލާ ބިސްއަޅާ، ވިހާ އާލާވާކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. މިގޮތުން މި ސަރަހައްދުގައި އެންމެ ގިނައިން ބިސް އަޅާކަމަށް ރެކޯޑް ކުރެވިފައިވަނީ ވެލާ Green turtles, Chelonia mydas)) އާއި ކަހަނބު (Hawksbill turtles, Eretmochelys imbricate) އެވެ. މި ދެ ބާވަތުގެ ވެލާ ކަހަނބަކީވެސް ދިވެހިރާއްޖޭގައި ތިމާވެށީގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ، އަދި ދުނިޔޭގެ ފެންވަރުގައި ނެތި ދިޔުމުގެ ބިރު ހީވެފައިވާ ދެ ބާވަތެވެ. މި ރަށުގެ ވަށައިގެންވާ މޫދު ވިނައަކީ ވެލާ ކަހަނބުގެ ކާނާ ފޯރުކޮށްދޭ، އެތަކެތީގެ ދިރިހުރުމަށް މުހިއްމު ސަރަހައްދެކެވެ. މީގެ އިތުރުން މޫދު ވިނައަކީ ފަރުމަހުގެ ދިރުންތައް އާލާވުމަށް ބޭނުންކުރާ މާހައުލެކެވެ. އަދި ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަން ރައްކާކުރާ "ކާބަން ސިންކް" އެކެވެ. މި ރަށުގެ ވަށައިގެންވާ މޫދުވިނަ ސަރަހައްދުން 6 ބާވަތެއްގެ މޫދު ވިނައާއި، 91 ބާވަތެއްގެ ފަރުމަސް ފެނިފައިވާކަމަށް ރެކޯޑް ކޮށްފައިވެއެވެ. މި ކުޅިއަކީ ރަށުގެ އިރުމަތީ ފަރާތުގައިވާ ޗަސްބިން ސަރަހައްދުގައިވާ މީރު ފެން ކުޅިއެކެވެ. މި ފަދަ މާހައުލުތަކަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުޞަތު ކުޑަކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. މިސަރަހައްދުން ފެންނަ ދިރުންތަކުގެ ތެރޭގައި ކުޅި ފާފަލުގައި ހެދޭ ގަހުގެ ބާވަތެއް ކަމުގައިވާ ބުރެވި ގިނަ އަދަދަކަށް ހެދިފައިވެއެވެ. އަދި މި މާހައުލަކީ، މި ސަރަހައްދަށް ޒިޔާރަތްކުރާ މޫސުމީ ދޫންޏާއި، ހިމާޔަތްކޮށްފައިވާ ދޫނީގެ މާހައުލުތައް ދެމެހެއްޓުމަށްޓަކައި މުހިއްމު މާހައުލެކެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 6 – ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއަރ
ހިމާޔަތް ކުރެވުނު ތާރީހު:
23 ޑިސެމްބަރ 2021

ބުކިންގްސް

Activities
No activities.