ލ. މާބައިދޫ ކޯރާއި ފުށި ކަނޑު ސަރަހައްދު

L. މާބައިދޫ

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

ޖުމްލަ އޭރިއާ

521.08 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ލ. މާބައިދޫގެ އުތުރުކޮޅުގައި އޮންނަ މާބައިދޫ ކޯރު ސަރަހައްދަކީ މޫދާއި ގުޅިފައިވާ ލޮނުފެނުގެ ކުޅިއެކެވެ. މިއީ މޫދާއި ގުޅިފައިވާ ކުޅިއެއްކަމުން ފަރުގެ ދިރުންތައް ވިހާ އާލާވާ ނާސަރީއެއްގެ ދައުރު އަދާކުރެއެވެ. ކުޅިފާ ޗަސްބިމުގައި ހެދޭ ގަސްގަހާގެހީގެ ތެރެއިން ރަނޑޫ (Red Mangrove / Rhizophora mucronata) ، އަދި ކަރަމަނަ Yellow Mangrove /  Ceriops tagal)) ހުރިކަމަށް ރެކޯޑް ކުރެވިފައިވެއެވެ. މީގެ އިތުރުން، ކުޅިފާ ޗަސްބިން ސަރަހައްދަކީ ރަށުގެ ފެންފަށަލަ ތާޒާކޮށްދޭ، ރަށްގިރުމުން ސަލާމަތްކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުޞަތު ކުޑަކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. އަދި ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަންޑައިއޮކްސައިޑް ރައްކާތެރިކޮށް ހިފަހައްޓާ "ކާބަން" ސިންކް ތަކެކެވެ. 
މި ސަރަހައްދުގައި ހިމެނޭ މޫދުވިނަ އަކީވެސް ވެލާ ކަހަނބުގެ ކާނާ ފޯރުކޮށްދޭ، އެތަކެތީގެ ދިރިހުރުމަށް މުހިއްމު ސަރަހައްދެކެވެ. މީގެ އިތުރުން ފަރުމަހުގެ ދިރުންތައް އާލާވުމަށް ބޭނުންކުރާ، ދުނިޔެ ހޫނުވުން ކުޑަ ކޮށްދޭ "ކާބަން ސިންކް" އެކެވެ. މި ރަށުގެ ވަށައިގެންވާ ފަރާއި މޫދުވިނަ ސަރަހައްދުން 6 ބާވަތެއްގެ މޫދު ވިނައާއި، 86 ބާވަތެއްގެ ފަރުމަސް ފެނިފައިވާކަމަށް ރެކޯޑް ކޮށްފައިވެއެވެ.
ލ.ފުށިކަނޑަކީ ހައްދުންމަތީގެ އިރުއުތުރު ބިތުގައިވާ ކަނޑުއޮޅިއެކެވެ. މި ކަނޑުއޮޅި އަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި، ޑައިވަރުންގެ މެދުގައި މަޤްބޫލު ސަރަހައްދެކެވެ. މި ސަރަހައްދަކީ  ފަރުގެ ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ، ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން، އެންމަނޑި Reef Manta Ray, Mobula Alfredi)) އާއި އެހެނިހެން ބާވަތްތަކުގެ މަޑިއާއި، ވެލާ Green turtles, helonia mydas))، ކަހަނބު  (Hawksbill turtles, Eretmochelys imbricate)، އަދި އެކި ބާވަތްތަކުގެ މިޔަރު މި ސަރަހައްދުން ފެންނަ ކަމަށް ރެކޯޑް ކޮށްފައިވެއެވެ. ކަނުހުރާ އަދި ފުށިރަށަކީ އައިންމަތީ ދޫނި، ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. 

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 6 – ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއަރ
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
23 ޑިސެމްބަރ 2021

ބުކިންގްސް

Activities
No activities.