ލަންކަންތިލަ

Kaafu (K)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

220111

ޖުމްލަ އޭރިއާ

263.00 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ލަޔަންސް ހެޑް' އޮންނަނީ އުތުރު މާލެ އަތޮޅުގެ ބޭރުން, ހުޅަނގު ފަރާތުން ވާދޫ ކަނޑުއޮޅިއާ ދިމާލަށް ވާގޮތަށެވެ. މި ފަރު ނިމޭ ހިސާބުން 8 މީޓަރުގައި ފުންވާގޮތަށް ސްލޯޕެއް އުފެދިފައިވެއެވެ. މިތަން އުފެދިފައިވާގޮތުން މި ތަނުގައި އިށީނދެލައިގެން އިނދެގެން މި ސަރަހައްދަށް ޒިޔާރަތްކުރާ މިޔަރުތައް ބަލޭލެވޭނެއެވެ. ކަނާއަތްފަރާތުގައި (ހުޅަނގު ފަރާތް) 30 މީޓަރަށް އުފެދިފައި އޮންނަ ބޮޑު އޯވަހޭންގެއް އޮވެއެވެ. އަދި ވާއަތްފަރާތަށް (އިރުވައި ފަރާތް) 150 މީޓަރުގެ ސަރަހައްދަކަށް ކޮންމެ 10-15 މީޓަރަކުން ކުޑަ އޯވަހޭންގްއެއް އުފެދިފައިވެއެވެ. މި ފަރުގެ މަތީގައި ގިނަ އަދަދެއްގެ 'ފްލޭމް ބެސްލެޓް" އަދި ދޮންރީނދޫމަސް އައިންއައިނަށް އުޅެއެވެ. އަދި މީގެއިތުރުން މި ސަރަހައްދުން ގިނަ އަދަދަކަށް ގާބޯމަސް, ތުންދިގުފަތިރޮނޑު, އަދި ފަންހާމަސް ހިމެނޭގޮތަށް ސޮކޯޕިއަންފިޝް ފެނެއެވެ. އަދި އަހަރުގެ ހުރިހާހިސާބެއްގައިވެސް ވަށްބޯ މިޔަރު މި ސަރަހައްދުން ފެނެއެވެ.

ބުކިންގްސް

Activities
No activities.