Lhaviyani (Lh)
ލިސްޓްކުރެވިފައެއް ނެތް.
ޅ.މާކޯއަކީ މާފިލާފުށީގެ އިރުން އޮންނަ، ބޮޑު ކަކުންޏާއި ބޮނޑު ދިރިއުޅޭކަމަށް ފާހަގަ ކުރެވިފައިވާ ގަސް ބޯ ރަށެކެވެ. މިރަށް ޚާއްޞަވަނީ މިރަށުގައިވާ ކުޅި އާއި އެކުޅީގައާއި އަދި ކުޅި ވަށައިގެންވާ ދިރުންތަކުގެ ސަބަބުންނެވެ. މި ގޮތުން މިރަށުގައިވާ ކުޅިއަކީ ގިނަ އަދަދަކަށް ބޭންގު ވިހައި އާލާވާ ކުޅިއެކެވެ. މި ރަށުގެ ކުޅި، ފައު، ޗަސްބިން ސަރަހައްދުގައި ގިނަ އަދަދަކަށް ކަނޑޫގަސް ހުރި ކަމަށް ރިކޯޑުކޮށްފައިވެއެވެ. މިރަށުގެ ކުޅިއަކީ ރަށުގެ ހޭޅިފަށް ގިރުމުން ސަލާމަތްކޮށްދޭ ކާރބަން ސިންކްއެއްގެ އިތުރުން، ރަށަށް ރީތިކަން ގެނެސްދޭ މަހައުލެކެވެ. ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން، ގުޑުގުޑާ ދޫންޏާއި އެހެނިހެން ބާވަތްތަކުގެ ދޫނި މިރަށުގެ ކުޅި ސަރަހައްދުގައި ވިހާ އާލާ ވެއެވެ. މީގެ އިތުރުން މިރަށުން 11 ބާވަތެއްގެ ހިޖުރަކުރާ ދޫންޏާއި، 2 ބާވަތެއްގެ ކަނޑުމަތީ ދޫނި ފެންނަ ކަމަށް ރިކޯޑްކުރެވިފައިވެއެވެ.