ސެއްޅިފުށި - ހިރިޔަދޫ ސަރަހައްދު
Lh.Sehlhifushi and Hiriyadhoo
- ޅ
މި ސަރަހައްދާ ބެހޭ
ނަކްޝާ ލޯޑް ވަނީ…
މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.
ސެއްޅިފުށި އަދި ހިރިޔަދޫ އަކީ ފާދިއްޕޮޅުގައިވާ އެއްމެ ބޮޑު އެއް ފަޅުރަށް، އިދާރީ ގޮތުން 5 ރަށަކަށް ބަހާލާފައިވާ އިރު، މި ރަށުގެ އެންމެ އުތުރަށް އޮންނަ 2 ރަށެވެ. ޅ. ސެއްޅިފުށި - ހިރިޔަދޫ ޗަސްބިން ސަރަހައްދަކީ ފާދިއްޕޮޅުގެ އިރުމަތީ ބިތުގައިވާ ފަޅުރަށެކެވެ. ތާރީޚީ ގޮތުން ބަލާއިރު މި 5 ރަށް ވަކިން އޮތްކަމަށް ރިކޯޑް ކުރެވިފައިވީ ނަމަވެސް، މި ފަޅުތެރޭގައި އޮއެ ބަދަލުވަމުންދާ ގޮތަށް ބަލައި ރަށްތަކަށް އަވަސް ބަދަލުތަކެއް އަންނަ ކަން ފާހަގަކުރެވިފައިވެއެވެ. މި ސަރަހައްދުގައިވާ ކޮއްލަވާނި (ބޭ) އަކީ ތިމާވެށީގެ ގޮތުން ޙާއްޞަ މާހައުލެކެވެ. މިފަދަ މާހައުލުތަކަކީ ރާއްޖޭގައި ވަރަށް މަދުން ފެންނަ، ފަރުގައި އުޅޭ ދިރުންތައް ވިހައި އާލާވުމަށް މުހިއްމު މާހައުލެކެވެ. މި ރަށުގައިވާ ކުޅީގެ ވަށައިގެން 19 ބާވަތެއްގެ ގަސްގަހާއިގެހި ހެދިފައިވެއެވެ. މި ރަށުގައިވާ ކަހެރުވައް ގަސްތަކަކީ ދިވެހިރާއްޖެއިން ވަރަށް މަދުންނޫނީ ނުފެންނަ، އަދި އާލާކުރުން މުހިއްމު ބާވަތެއްގެ ގަހެކެވެ. އަދި މިރަށަކީ ވެލާ ބިސްއެޅުމަށާއި، ކަނޑުމަތީ ދޫނި ނިދަންއަރާ އަދި ހާލި ހަދާ، މާހައުލުތައް ހިމެނޭ ސަރަހައްދެކެވެ.
ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އަޅުގަނޑުމެންނާ ގުޅާ.
ޕާމިޓްސް
-
Apply on their portal: ދިރާސާކުރުމުގެ ހުއްދަ (އާ ޓެބެއްގައި ހުޅުވޭ)
ދިރާސާކުރުމުގެ ހުއްދަ
Issued by ެެއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ)
މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ރިސާޗްކުރުމަސް ދޫކުރެވޭ ޕާމިޓްއެކެވެ. މި ޕާމިޓް ދޫކުރަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިންނެވެ. ރިސާޗް ޕާމިޓް އަކަށް އެދި ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ.
މަޢުލޫމާތު
- ސްޓޭޓަސް
- ޑެޒިގްނޭޓެޑް
- ޖުމްލަ އޭރިއާ
- 492.00 ހެކްޓަރ
- ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
- 555705956
- ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
- ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
- ހިމާޔަތް ކުރެވުނު ތާރީހު
- 8 އޮކްޓޯބަރު 2020
ރިސޯސަސް
ނޮލެޖް ރިޕޮޒިޓަރީގައި ހުޅުވާޢިއުލާން
-
ޅ.އަތޮޅު 5 ސަރަހައްދު_އިންގިރޭސި
ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް PDF އިނގިރޭސި ދިވެހި ނުސްޚާއެއް ނެތް
-
2020 ޅ އަތޮޅު 5 ސަރަޙައްދު
ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް 2020 PDF ދިވެހި