ފާދިއްޕޮޅު (ޅ. އަތޮޅު) ވައްވަރާއި ދަނޑިފަޅު ފިނޮޅާއި ދަނޑިފަޅު ކަނޑުއޮޅި ސަރަހައްދު

Lh. ވައްވަރު

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

555705957

ޖުމްލަ އޭރިއާ

687.00 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ޅ. ވައްވަރަކީ ނައިފަރުގެ ދެކުނަށް އޮންނަ ފަޅު ރަށެކެވެ. މި ރަށުގެ ވަށައިގެންވާ ފަރަކީ ޤުދުރަތީ ދިރުންތަކުން މުއްސަނދި ފަރެކެވެ. މިފަރުތަކުން ފާހަގަ ކޮށްލެވޭ ދިރުންތަކުގެ ތެރޭގައި، ގިނަ އަދަދެއްގެ ސޮފްޓް ކޮރަލްއާއި، މަދުން ނޫނީ ނުފެންނަ ' ޔެލޯ މައުތުޑް މޮރޭ އީލް' އާއި، އެކި ބާވަތްތަކުގެ ކަޅުވެނާއި، އަދި ދަންބޮޑު މަހުގެ އައިންތައް ހިމެނެއެވެ. މިފަރުތަކުން ޢާއްމުގޮތެއްގައި ވެލައާއި އެންމަޑިއާއި، ވައިފިޔަ މަޑި، އަދި ކަންނެލި ގިނަ އަދަދަކަށް ފެނެއެވެ. މި ފަރުގައި ހިމެނޭ ހޮހަޅަތަކާއި، މަތިން އެލިފައިވާ ފަރުގެ ނިޒާމް (އޯވާރހޭންގްސް) ތަކާއި، އަދި ދަނބު ކުލައިގެ މުރަކަތަކަކީ، މި ފަރުގެ މުއްސަނދިކަން އިތުރުކޮށްދޭ ސިފަތަކެކެވެ. ވައްވަރާއި އިންވެގެން ދެކުނަށް އޮންނަ ފަޅުގައިވާ ދަނޑިފަޅު ފިނޮޅަކީ މިސަރަހައްދުގައި ހަރަކާތްތެރިވާ ގިނަ ބާވަތްތަކުގެ ކަނޑުމަތީ ދޫނިތައް ޖައްސާ، މިތަކެތި އާލާވެ، ދިރިއުޅޭ މާހައުލެކެވެ. އަދި މަސްމަހާއި މެހީގެ ނާރސަރީއެއްގެ ގޮތުގައި ވެސް ފާހަގަކުރެވިފައިވާ ތަނެކެވެ. ވައްވަރު ރަށާއި ދަނޑިފަޅު ފިނޮޅުގެ ދެމެދުގައިވާ، ދަނޑިފަޅު ކަނޑުއޮޅިއަކީ ތިމާވެށީގެ ގޮތުން މުއްސަނދި، މަދުން ނޫނީ ނުފެންނަ ބާވަތްތަކުގެ މަސްމަހާމެއްސާއި، މުރަކައިގެ ބާވަތްތައް ގިނަ ކަނޑުއޮޅިއެކެވެ. މި ތަނުން ފެންނަ ދިރުންތަކުގެ ތެރޭގައި ތަފާތު ބާވަތްތަކުގެ މަޑި، މިޔަރު، ވެލާ، ފާނަ، އަދި ފަރުތޮޅި ހިމެނެއެވެ. އަދި މި ސަރަހައްދަކީ ގިނަ އަދަދަކަށް ' ގޯރގޮނިއަން ފޭންސް ' ފެންނަކަމަށް ރެކޯޑްކޮށްފައިވާ ކަނޑުއޮޅިއެކެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 6 – ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއަރ
ހިމާޔަތް ކުރެވުނު ތާރީހު:
8 އޮކްޓޯބަރު 2020

ބުކިންގްސް

Activities
No activities.