ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

މާފިށި ކިޅި ސަރަހައްދު

Maafishi Kilhi

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

މި ކުޅިތައްކަކީ އައްޑޫ ހުޅުދޫ ދެކުނު ފަރާތު ކޮޅުގައި ވާ ޗަސްބިންސަރަހައްދުގައިވާ ކުޅިތަކެކެވެ. މިސަރަހައްދުގައި އިހުގައި އޮންނަނީ ހަމައެކަނި މާފިށި ކިޅިއެވެ. ނަމަވެސް އެސަރަހަދުގައި މަގެއް ހެދުމުގެ ސަބަބުން ކުޅިވަނީ ބައިވެގެން ގޮސްފައެވެ. މިސަރަހައްދަކީ ބޮޑު ޗަސް ބިމެއް ހިމެނޭ ސަރަހައްދެކަމުން، ރަށަށް ވެހޭ ވާރޭ މިސަރަހައްދަ ފަސޭހަކަމާއެކު ހިދިގެން ދެއެވެ. މިކަމުން ރަށުގެ ތެރޭގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. މިސަރަހައްދުގެ ދިރުންތަކަށް ބަލާލާއިރު، ކުޅިފަލުގައި ގައި ހެދޭ ގަހުގެ ބާވަތެއްކަމުގައިވާ ބުރެވި ގިނަ އަދަދަކަށް ހެދިފައިވާކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން، ދިއްގާ ހިރުދު އަދި ބޯކަށިކެއޮ، މިދިލި، އުނި އަދި މަގޫގަސް މިސަރަހައްދުގައި ގިނައަދަދަކަށް ހެދިފައިވެއެވެ. މީގެއިތުރުން، މިސަރަހައްދުގައިވާ ފެންގަޑުން ރާއްޖެއިން މަދުން ނޫނީ ނުފެންނަ ކޮންގާއީލް ވަނީފެނިފައެވެ. އަދި ގިނައަދަދަކަށް ތެލާޕިޔާ އަދި ކުޅިތަކުގައި އުޅޭ ފިނިހަކައިގެ ބާވަތްތަށް ފެނިފައިވެއެވެ. ނަމަވެސް މިސަރަހައްދުގައި މަގުހެދުމުގެ ސަބަބުން ހުޅަގުފަރާތުގައި ވާފެންގަޑު ވަރަބޮޑަށް ހިދިގެން ގޮސްފައިވެއެވެ. މިކަމަކީ މިފެންގަޑުގައި އުޅޭ މަހުގެ ދިރުމަށް ނުރައްކާވުން ކައިރިކަމެކެވެ. އަދި، އެކަމުގެ ސަބަބުން މިސަރަހައްދަށް އަންނަ ދޫނިތަށް އައުން މަދުވުމަކީ ވެސް އެކަށީގެންވާކަމެކެވެ.

ރަސްމީ ނަކްޝާ ޑައުންލޯޑް ކުރޭ (PDF)

ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އޮފީހަށް ގުޅާ.

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
5.86 ހެކްޓަރ
ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
555705964
ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު
22 ސެޕްޓެންބަރު 2020

ރިސޯސަސް

ހުރިހާ ރިސޯސް

ގުޅުއްވާ