މާކިޅިއާއި ފެހެލެ ކިޅި ސަރަހައްދު

S. ހިތަދޫ

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

555705962

ޖުމްލަ އޭރިއާ

25.50 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު
Addu Nature Park - 7580059

މި ދެކުޅި އަކީ އައްޑޫ ހިތަދޫ އިރުދެކުނު ފަރާތުގައި އޮންނަ ޗަސް ބިމުގައި ހެދިފައިވާ ދެކުޅިއެވެ. މިސަރަހައްދަކީ އިހުގައި އެއްސަރަހައްދެއްގެ ގޮތުގައި އޮތް ތަނެކެވެ. ނަމަވެސް، އެސަރަހައްދުގެ މެދުން މަގެއް ހެދިފައިވުމުން، މިސަރަހައްދު ހިމާޔަތްކުރުމަށް ހުށައެޅިފައިވާނީ މެދެއާރަ ކިޅި އަދި ފެހެލަ ކިޅި ވަކިކޮށް ދެސަރަހައްދެއްގެ ގޮތުގައެވެ. މިސަރަހައްދަކީ ޗަސް ބިން ސަރަހައްދެކަމުން، ރަށަށް ވެހޭ ވާރޭ މިސަރަހައްދަ ފަސޭހަކަމާއެކު ހިދިގެން ދެއެވެ. މިކަމުން ރަށުގެ ތެރޭގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. މިސަރަހައްދުގެ ފަސްގަޑަކީ ގަސް ހެއްދުމަށް ފަސޭހަ ފަސްގަޑެއްކަމުން، ރަށުގެ ބައެއްފަރާތްތަކުން ދަނޑު ވެރިކަމަށް ވެސް ބޭނުން ކުރާ ސަރަހައްދެކެވެ. މިސަރަހައްދުގެ ދިރުންތަކަށް ބަލާލާއިރު، ކުޅިފަލުގައި ގައި ހެދޭ ގަހުގެ ބާވަތެއްކަމުގައިވާ ބުރެވި ކޮންމެވެސް ވަރަަކަށް ފެނިފައިވެއެވެ. މީގެ އިތުރުން، ދިއްގާ ހިރުދު އަދި ބޯކަށިކެއޮ މިސަރަހައްދުގައި ގިނައަދަދަކަށް ހެދިފައިވެއެވެ. މަތަނުގައިވާ ދެފެންގަޑުގެ ތެރޭގައި ‘ކާފަރުބުރު’ ކިޔާ ފެނުގައި ހެދޭ ބާވަތުގެ ގަހެއް ހެދިފައިވެއެވެ. މިގަހަކީ ކުރީގައި މިސަރަހައްދުން ނުފެންނަ، ފަހުން އެސަރަހައްދަ ތައާރަފުކުރެވިފައިވާ ބާވަތެއްގެ ގަހެއް ކަމުގައި އެގިފައިވެއެވެ. މިގަސް ބޯވެ، މިސަރަހައްދުގައި ވާ ފެންގަޑު މިހާރުދަނީ ހިދެމުންކަން ފާހަގަކުރެވެއެވެ. މިކަމަކީ މިފެންގަޑުގައި އުޅޭ މަހުގެ ދިރުމަށް ނުރައްކާވުން ކައިރިކަމެކެވެ. އަދި، އެކަމުގެ ސަބަބުން މިސަރަހައްދަށް އަންނަ ދޫނިތަށް އައުން މަދުވުމަކީ ވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން މިސަރަހައްދުގެ ދިރުން ރައްކާތެރިކުރުމަށް، މިސަރަހައްދު ސާފުކުރެވެންޖެހެއެވެ. އަދި، މިސަރަހައްދުގެ މާހައުލާއި ނުގުޅޭ ދިރުން މިސަރަހައްދަ ތައާރަފުވެގެން ދިއުން ހުއްޓުވޭފަދަގޮތެއް ހޯދައި ބެލެހެއްޓުން އެއީމުހިއްމުކަމެކެވެ. ހަމައެއާއިއެކުގައި، މިސަރަހައްދަކީ ދަޑުވެރިކަމަށް ބޭނުންކުރަމުން އަންނަ ސަރަހައްދެއްކަމުން، ދަނޑުވެރިކަން ކުރުމަށް ގަސްކަޑައި އަދި ބޭނުންކުރެވޭ ކެމިކަލުކުން މިސަރަހައްދު ރައްކާތެރިކުރެވޭނެ އުސޫލެއްގެ މަތިން އެކަން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީވެސް މުހިއްމުކަމެކެވެ. އެގޮތުން، މިސަރަހައްދުގެ ދިރުން ދެމިހެއްޓުމައްޓަކައި މިސަރަހައްދު ހިމާޔަތް ކުރެވި ރަގަޅަށް ބެލެހެއްޓިގެން ދިއުމަކީ މުހިއްމު ކަމެއްކަމުގައި ފާހަގަކުރަމެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
22 ސެޕްޓެންބަރު 2020

ބުކިންގްސް

Activities
No activities.