މޯލްޑިވްސް ވިކްޓްރީ" ފެތިފައިވާ ސަރަހައްދު

Kaafu (K)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

ޖުމްލަ އޭރިއާ

4.75 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

1981 ވަނަ އަހަރު ސިންގަޕޫރުން ރާއްޖެއަށް ދަތުރުކުރަމުން އަންނަނިކޮށް މާލެއަތޮޅު ހުޅުލޭ ފަރުގައި ޖެހުމަށްފަހު، އެދިމާލުން ހުޅަނގު ދެކުނަށް އަޑިއަށް ގޮސްފައިވާ 'މޯލްޑިވްސް ވިކްޓަރީ' އަކީ ދިގުމިނުގައި 83 މީޓަރު ހުރި، ކާރގޯ އުފުލާ ބޯޓެކެވެ. މިބޯޓު އަޑިއަށް ދިޔަތާ 40 އަހަރުވުމާ ގާތްވެފައިވާއިރު، ފެތިފައިވާ މި އުޅަނދު މިހާރުވެފައިވަނީ 'އާޓިފިޝަލް' ފަރެއް ފަދަ ސަރަހައްދަކަށެވެ. މިގޮތަށް ފެތިފައިވާ ބޮޑެތި ސްޓްރަކްޗަރ ތަކަކީ އާއްމުގޮތެއްގައިވެސް މުރަކަ ހިފާ، އާލާވުމަށް ބޭނުންކުރާ 'ފްރޭމް' އެއްގެ އިތުރުން، މަސްމަހާމެހި އެތަނެއްގައި ވަޒަންވެރިވުމަށް މަގުފަހިކުރުވާ ބާރެކެވެ. އަދި މިހާރު މިސަރަހައްދަކީ ދިވެހި ޑައިވަރުންގެ މެދުގައި ނަން މަޝްހޫރު، މުޅި ދިވެހިރާއްޖޭގައި ވެސް މަގުބޫލު 'ޝިޕްރެކް ޑައިވް'ގެ މަންޒިލެވެ. ދިވެހި ޑައިވް ފަތުރުވެރިކަމަށާއި، ކަނޑުގެ ދިރުންތަކަށް ލިބިފައިވާ ތަފާތު މާހައުލެއްގެ އިތުރުން، މިއީ ގިނަ ބަޔަކު ލޯބިކުރާ ދިވެހި ތާރީޚީ ތަރިކައެކެވެ. އަދި މިފަދަ ތަންތަން ގިނަ ދުވަހަށް ދެމެހެއްޓޭނެ ފަދައިން ޙިމާޔަތްކުރުމަކީ ދިވެހި ތާރީޚާއި ތިމާވެށި، އަދި އިޤްތިޞާދަށް އޭގެން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމެކެވެ. 37 މީޓަރުގެ ފުންމިނުގައި މަޑުޖެހިފައިވާ މި 'ރެކް' އަކީ ގިނަ ޑައިވަރުން ދެކޭގޮތުގައި ޢާއްމުކޮށް ހުރި އެހެން ރެކްތަކަށްވުރެ ގިނައިން ކަނޑުގެ ދިރުންތައް ފެންނަ ސަރަހައްދެކެވެ. މިއީ ކަނޑުއޮޅިއެއް ކައިރީގައި ލައްވެފައިވާ 'ރެކް' އެއްކަމުން އަބަދުވެސް 'ނިއުޓްރިއެންޓްސް' ނުވަތަ ކާނާ، މިތަނުގެ ދިރުންތަކަށް ލިބެމުންދެއެވެ. މިގޮތުން 'ރެކް' ތެރޭގައި އެކި ބާވަތުގެ މުރަކައާއި، ބަތްޕޮޅިމަސް، އަދި ދޮންނޫމަހާއި ފާނައިގެ އިތުރުން، ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ނަސްލުތަކުގެ ތެރޭގައި ހިމެނޭ ވެލާ ކަހަނބުވެސް ފެންނަކަމުގައި ރިކޯޑު ކުރެވިފައިއެވެ. 2019 ވަނަ އަހަރު އީޕީއޭއިން ކޮށްފައިވާ ސާރވޭއަކުން ދައްކާގޮތުން 'ވިކްޓަރީ ރެކް' ގައި 18 ޖީނަސްއެއްގެ މުރަކައާއި، 46 ސްޕީޝީޒްގެ މަސް ފެނިފައިވެއެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
13 ފެބްރުއަރީ 2021

ބުކިންގްސް

Activities
No activities.