Alifu Alifu (AA)
ލިސްޓްކުރެވިފައެއް ނެތް.
'ފިޝް ހެޑް' އަކީ ވަކިން އުފެދިފައި އޮންނަ ފަރެކެވެ. އަދި މި ފަރު އުފެދިފައި އޮންނަނީ ފަރުގެ މަތި ވަރަށް އެއް ވަރަކަށް, ގާތްގަނޑަކަށް 10 މީޓަރާއި 15 މީޓަރުގެ ފުންމިނެއްގައެވެ. ފަރުގެ ހަތަރު ފަރާތުން ސްލޯޕްއެއް ގޮތަށް ފުންވަމުންގޮސް ގުޅެނީ 40 މީޓަރާއި 50 މީޓަރުގެ ފުންމިނުގައި އަތޮޅުތެރޭގެ ކަނޑުގެ އަޑީގެ ބިންގަނޑާއެވެ. މި ސަރަހައްދުން އާންމުގޮތެއްގައި 'ޓޮޕް އަޕް ކަރަންޓް އެންޑް' ގައި ވަށްބޯ މިޔަރު ފެނެއެވެ.