ކ. އޮއްކޮބޭ ތިލަ
K. Okkobe Thila Region
- ކ
މި ސަރަހައްދާ ބެހޭ
ނަކްޝާ ލޯޑް ވަނީ…
މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.
ކ. އޮއްކޮބޭ ތިލައަކީ މާލެ އަތޮޅުގެ އިރުމަތީފަރާތުގައި އޮންނަ ސަރަޙާއްދެކެވެ. މި ސަރަޙައްދަކީ ގިނަ އަދަދެއްގެ ކުދި ހޮހަޅައާއި "އޯވަރހޭންގްސް" ހެދިފައިވާ ދިރޭ މުރަކައިގެ އިންސައްތަ ބޮޑު ސަރަޙައްދެކެވެ. މިގޮތުން އެކި ބާވަތްތަކުގެ ފަރުމަހާއި، މަރަކަ، ގައު އަދި ކުލަކުލައިގެ "ސޮފްޓް ކޮރަލް" މި ސަރަޙައްދުގައި ގިނަ އަދަދަކަށް ފެނިފައެވެ. މި ސަރަޙައްދުގައި ކޮށްފައިވާ ދިރާސާތަކުން މި ސަރަޙައްދުން 73 ބާވަތުގެ މަސް ދިރިއުޅޭކަމަށް ދައްކައެވެ. ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމަށްވާ ވަށްބޯ މިޔަރު ( Carcharhinus amblyrhychos)، އޮޅުފަތި މިޔަރު (Triaenodon obesus)، މާހުޅުނބު ލަނޑާ (Cheilinus undulatus)، އަދި ކަހަނބު (Eretmochely imbricata) މި ސަރަޙައްދުން ފެންނަކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ. އޮއްކޮބޭ ތިލައަކީ ފީނާ މީހުންގެ މެދުގައި މަޤުބޫލު ތިލައެކެވެ.
ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އަޅުގަނޑުމެންނާ ގުޅާ.
ޕާމިޓްސް
-
Apply on their portal: ދިރާސާކުރުމުގެ ހުއްދަ (އާ ޓެބެއްގައި ހުޅުވޭ)
ދިރާސާކުރުމުގެ ހުއްދަ
Issued by ެެއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ)
މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ރިސާޗްކުރުމަސް ދޫކުރެވޭ ޕާމިޓްއެކެވެ. މި ޕާމިޓް ދޫކުރަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިންނެވެ. ރިސާޗް ޕާމިޓް އަކަށް އެދި ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ.
މަޢުލޫމާތު
- ސްޓޭޓަސް
- ޑެޒިގްނޭޓެޑް
- ޖުމްލަ އޭރިއާ
- 379.31 ހެކްޓަރ
- ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
- 555790162
- ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
- ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
- ހިމާޔަތް ކުރެވުނު ތާރީހު
- 01 އޮގަސްޓް 2024
- ދިރިއުޅޭ ވެށީގެ ބާވަތްތައް
- މެރިން
ރިސޯސަސް
ނޮލެޖް ރިޕޮޒިޓަރީގައި ހުޅުވާކޮންޒަވޭޝަން އެކްޝަން ޕްލޭން
-
ކ. އޮއްކޮބެ ތިލަ މެރިން ޕްރޮޓެކްޓެޑް އޭރިއާ ކޮންޒަވޭޝަން އެކްޝަން ޕްލޭން
ފަންނީ މަގުދައްކުމާއި މިންގަނޑުތައް PDF އިނގިރޭސި ދިވެހި ނުސްޚާއެއް ނެތް
ޢިއުލާން
-
ކ. އޮއްކޮބޭ ތިލަ ސަރަހައްދު
ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް PDF ދިވެހި