ށ.ބޮލިއްސަފަރު ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު

Sh. ބޮލިއްސަފަރު

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

555697570

ޖުމްލަ އޭރިއާ

954.00 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ބޮލިއްސަފަރަކީ، ށ. ކީކިމިނީގެ ދެކުނަށް އޮންނަ، ދިގު ފިނޮޅެއްލާފައިވާ 26 ހެކްޓަރުގެ ރަށެކެވެ. މިރަށް ޚާއްސަވަނީ މިރަށަށް އަރާ އައިންމަތީ ދޫނި ތަކާއި މިރަށަށް ބިސްއަޅާ ވެލާ، ކަހަނބުގެ ސަބަބުންނެވެ. މިރަށަކީ އިރުވައި މޫސުމާއި ހުޅަނގު މޫސުމުގައިވެސް އައިންމަތީ ދޫނި ގިނަ އަދަދަކަށް ޖައްސާ ފިނޮޅެކެވެ. އެގޮތުން މިއީ ގިނަ އަދަދަކަށް ވައްލަ ޖަމާވާ އަދި ވައްލަ ވިހާ އާލާވާ ފިނޮޅެކެވެ. މިރަށުގެ ގޮނޑުދޮށަކީ ވެލާ އަދި ކަހަބު ބިސް އަޅާ ސަރަހައްދެކެވެ. ބޮޑުތިލަދުންމަތި އަތޮޅަކީ ގިނަ އަދަދެއްގެ ކަނޑުމަތީ ދޫނި ވަޒަންވެރިވެގެން އުޅޭ އަތޮޅެއްކަމުން، މިއަތޮޅުގައި ދޫނިތައް ޖައްސާ، ބިސްއަޅާ އަދި ނިދަން އަރާ ދޮންވެލި ފިނޮޅުތަކެއް ހިމާޔަތްކުރެވިފައި ހުރުމަކީ ކޮންމެހެންވެސް މުހިންމުކަމެކެވެ. މިރަށުގައި މުޅިންވެސް ހެދިފައިވަނީ ކުރެދި ގަސްތަކެވެ. މިރަށަކީ ހުދު ދޮންވެލި ތުނޑިއެއްވާ ސަރަހައްދެއްކަމުން، މިއީ އާންމުންގެ މެދުގައި މަގުބޫލު ތުނޑިއެކެވެ. އަދި ދޫނި ތައް މިފިނޮޅުގައި ޖައްސާލައިގެން ތިބޭއިރު، ދަތުރުގޮސްއުޅޭ ފަރާތްތަކުން މިފިނޮޅުގައި ހަރަކާތްތެރިވެއެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
16 ޖޫން 2019

ބުކިންގްސް

Activities
No activities.