ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

ށ. ފަރުކޮޅު ރަށް

Sh. Farukolhu

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

ށ.ފަރުކޮޅަކ އުފެދިފައިވާ ގޮތަށް ބަލާއިރުވެސް އެހެންރަށްރަށާއި ޚިލާފުގޮތަކަށް އުފެދިފައިވާ ތިމާވެށ ގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. މިގޮތުން ރަށުގެ ބޮޑު ސަރަހައްދަކީ ކުޅި ޗަސްބިމުގެ މާޙައުލުތަކުން މުއްސަދިރަށެކެވެ. އަދި ހަމައެހެންމެ ރަށުގެ ބައްޓަން ހުންނަގޮތުން ކޮއްލަވާޏެއް އުފެދިފައިވާ ސަރަހައްދުތަކާއި ޖުމްލަގޮތަކަށް ބަލާއިރު ރަށެއްގައި ހުންނާނެ ހުރިހާ ޤުދުރަތީ ތިމާވެށީގެގޮތުން ޚާއްޞަ ސިފަތައް މިރަށުގައި ހުރުމަކީ މިރަށް އެހެންރަށްރަށާއި ތަފާތުވާ ސިފަތަކެވެ. މިރަށް ތިމާވެށިގެ ގޮތުން ޚާއްޞަވެފައިވާތީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ތައްޔާރުކޮށް އެކުލަވާލެވިފައިވާ 'އެންވަޔަރަންމަންޓަލް ސެންސިޓިވް އޭރިއާސް ލިސްޓް'ގައި ހިމެނިފައެވެ. އަދި މިރަށުގެ ދިރޭތަކެތީގެ ނަސްލާއިބެހޭ މަޢުލޫމާތާއި ރަށުގައި ހުރި ނާޒުކު ސަރަހައްދުތަކާއި ދިރުންތައް ވަނ ތަފާތު ދިރާސާތަކުގެ އަލީގައި ދެނެގަނެވިފައެވެ. ފަރުކޮޅުގެޤު ގުދުރަތީ މާޙައުލު 5 ބަޔަކަށް ބަހާލެވިފައެވެ. އެއީ: 1. ރަށުގެ ގަސްފަށަލަތައް 2. މޫދައިގުޅިފައިވާ ކުޅި (ފިނިހަކަ ކުޅި) 3. ލޮނާއި މީރުފެންއެކުލެވޭ ގޮތަށް މުޅިއެކު 7 ކުޅިއާއި ކުޅިވަށައިގެންވާ ޗަސްބިން 4. ރަށުގެ ގޮނޑުދޮށް 5. ރަށުގެ ފަޅާއި ފަރުގެ މާޙައުލުތައް

ރަސްމީ ނަކްޝާ ޑައުންލޯޑް ކުރޭ (PDF)

ޒޯންތައް

  • ށ. ފަރުކޮޅު ވިޒިޓާރ ޒޯން

ގަވާއިދުތައް

ޒިޔާރަތްކުރާއިރު މި ގަވާއިދުތަކަށް އަމަލުކުރައްވާ.

  • މި ސަރަހައްދުގައި ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި، މައިން ކުރުމަކީ މަނާކަމެއް

    މި ސަރަހައްދުގައި ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި، މައިން ކުރުމަކީ މަނާކަމެކެވެ.
  • އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ މަނާކަމެކެވެ.
  • މި ސަރަހައްދުގައި ބިން ހިއްކުމާއި ފަޅު ފުންކުރުމަކީ މަނާކަމެކެވެ.
  • މި ސަރަހައްދުން ގައު، ވެލި، މުރަކަ، އަކިރި މެގުމަކީ މަނާކަމެކެވެ.
  • މި ސަރަހައްދުގައި ނަގިލި ލުމަކީ މަނާކަމެކެވެ.
  • ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުން.
  • އެއްވެސް "ޕޮލިއުޓެންޓެއް" ދޫކުރުން ނުވަތަ/އަދި ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުން
  • ެއެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރ ގެ މަސައްކަތްކުރުން
  • އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ /އަދި ހާއްޔައް ގެއލުން ދިނުން
  • އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  • މަސްމަހާ މެއްސާއި ދޫނިސޫފާސޫފި ހިމެނޭ ގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅުން
  • ދޫނިސޫފާސޫފި ހިފުމާއި، ނެގުމާއި މެރުން
  • މި ސަރަޙައްދުގައި އުޅޭ ޙިމާޔަތްކޮށްފައިވާ ދިރުންތަކުގައި އަތްލާ ، ގޯނާކޮށް ހެދުން
  • މި ސަރަޙައްދު އަލިވާގޮތަށް ރޭގަނޑު ދިއްލުން
  • މިތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަ ކުރުން

ބުކިންގްތަކާއި ފީ

ދަތުރު ރޭވުން

ވަގުތުގެ ދިގުމިން
4 ގަޑިއިރު

ވިޒިޓިންގ

މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުގައި ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ޒިޔާރަތް ކުރުމަށް ދެވޭ ބުކިންގ ސާވިސްއެކެވެ. 

  • ށ. ފަރުކޮޅު ވިޒިޓާރ ޒޯން ދިވެހި ރައްޔިތުން
    ރުފިޔާ 0 ކޮންމެ މީހަކަށް
  • ށ. ފަރުކޮޅު ވިޒިޓާރ ޒޯން ގެސްޓް ހައުސް
    ރުފިޔާ 0 ކޮންމެ މީހަކަށް
  • ށ. ފަރުކޮޅު ވިޒިޓާރ ޒޯން ބިދޭސީން
    ރުފިޔާ 0 ކޮންމެ މީހަކަށް
  • ށ. ފަރުކޮޅު ވިޒިޓާރ ޒޯން ރިސޯޓް
    ރުފިޔާ 0 ކޮންމެ މީހަކަށް

ކޮންމެ ފީއެއް ވަނީ އެއް ވަގުތު ބަޔަކަށް. ޒިޔާރަތްކުރާ ބާވަތުން (ދިވެހި ރައްޔިތުން, ގެސްޓް ހައުސް, ބިދޭސީން, ރިސޯޓް) ކަނޑައެޅެނީ ކޮން ފީއެއްކަން. ނޭނގޭނަމަ ބުކިންގ ކުރުމުގެ ކުރިން އޮފީހާ ގުޅާ.

ޕާމިޓްސް

  • ދިރާސާކުރުމުގެ ހުއްދަ

    Issued by ެެއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ)

    މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ރިސާޗްކުރުމަސް ދޫކުރެވޭ ޕާމިޓްއެކެވެ. މި ޕާމިޓް ދޫކުރަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިންނެވެ. ރިސާޗް ޕާމިޓް އަކަށް އެދި ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ.

    Apply on their portal: ދިރާސާކުރުމުގެ ހުއްދަ (އާ ޓެބެއްގައި ހުޅުވޭ)

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
682.67 ހެކްޓަރ
ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
555697557
ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު
7 އޮކްޓޯބަރ 2018

އިކޮލޮޖިކަލް ރިޕޯރޓް

  • ފަރުކޮޅު ރިޕޯރޓް

    ދިރާސާތަކާއި، ރިޕޯޓުތަކާއި، ޝާއިޢުކުރާ ލިޔުންތައް PDF އިނގިރޭސި ދިވެހި ނުސްޚާއެއް ނެތް

ޢިއުލާން

  • ރަސްދޫ މަޑީވަރު، ފަރުކޮޅު އަދި ދިގުލާބަދޫ

    ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް 2018 PDF އިނގިރޭސި ދިވެހި ނުސްޚާއެއް ނެތް

  • ރަސްދޫ މަޑީވަރު، ފަރުކޮޅު އަދި ދިގުލާބަދޫ

    ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް PDF ދިވެހި

ގުޅުއްވާ

ރުފިޔާ 0 އިން