ށ. ނާލާހުރާ ފިނޮޅާއި، ފަޅުގެ ސަރަހައްދު
Sh. Naalaa Huraa finolhu
- ށ
މި ސަރަހައްދާ ބެހޭ
ނަކްޝާ ލޯޑް ވަނީ…
މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.
ނާލާހުރާއަކީ، ށ. ހުރަސްފަރުހުރާގެ ދެކުނަށް އޮންނަ، 2 ހެކްޓަރުގެ ކުޑަ ދޮންވެލި ފިނޮޅެކެވެ. މިފިނޮޅަކީ ޤުދުރަތީގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ، ދެމޫސުމުގައި ވެލިގަނޑު އެކި ސަރަހައްދުތަކަށް ދައުރުވާ ފިނޮޅެކެވެ. މިފިނޮޅަކީ ހުރިހާ މޫސުމެއްގައިވެސް އައިންމަތީ ދޫނިތައް ގިނައިން ޖައްސާ އަދި ނިދަން އަރާ ފިނޮޅެކެވެ. މިގޮތުން ގިނަ އަދެދެއްގެ ކުރަނގި ބައިގަނޑުތައް ދުވާލުގެ ހުރިހާ ގަނޑިއެއްގައިވެސް މިފިނޮޅުގައި ތިބޭކަން ފާހަގަކުރެވެއެވެ. އަދި ބައެއް ކުރަނގި ނިދަންވެސް މިފިނޮޅަށް އަރައެވެ. މި ފިނޮޅަކީ ވައްލަ ބިސްއަޅާ ވިހާ އާލާވާ ފިނޮޅެކެވެ. ބޮޑުތިލަދުންމަތި އަތޮޅަކީ ގިނަ އަދަދެއްގެ ކަނޑުމަތީ ދޫނި ވަޒަންވެރިވެގެން އުޅޭ އަތޮޅެއްކަމުން، މިއަތޮޅުގައި ދޫނިތައް ޖައްސާ، ބިސްއަޅާ އަދި ނިދަން އަރާ ދޮންވެލި ފިނޮޅުތަކެއް ހިމާޔަތްކުރެވިފައި ހުރުމަކީ ކޮންމެހެންވެސް މުހިންމުކަމެކެވެ.
ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އަޅުގަނޑުމެންނާ ގުޅާ.
ޕާމިޓްސް
-
Apply on their portal: ދިރާސާކުރުމުގެ ހުއްދަ (އާ ޓެބެއްގައި ހުޅުވޭ)
ދިރާސާކުރުމުގެ ހުއްދަ
Issued by ެެއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ)
މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ރިސާޗްކުރުމަސް ދޫކުރެވޭ ޕާމިޓްއެކެވެ. މި ޕާމިޓް ދޫކުރަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިންނެވެ. ރިސާޗް ޕާމިޓް އަކަށް އެދި ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ.
މަޢުލޫމާތު
- ސްޓޭޓަސް
- ޑެޒިގްނޭޓެޑް
- ޖުމްލަ އޭރިއާ
- 159.00 ހެކްޓަރ
- ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
- 555697562
- ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
- ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
- ހިމާޔަތް ކުރެވުނު ތާރީހު
- 16 ޖޫން 2019
ރިސޯސަސް
ނޮލެޖް ރިޕޮޒިޓަރީގައި ހުޅުވާޢިއުލާން
-
ބޮޑުތިލަދުންމަތީ 11 ސަރަޙައްދު_އިނގިރޭސި
ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް PDF އިނގިރޭސި ދިވެހި ނުސްޚާއެއް ނެތް
-
ބޮޑުތިލަދުންމަތީ 11 ސަރަޙައްދު
ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް PDF ދިވެހި