ސޮނެވާ ޖާނީ އޯ.އީ.ސީ.އެމް
Soneva Jani OECM
- ނ
- OECMs
މި ސަރަހައްދާ ބެހޭ
ނަކްޝާ ލޯޑް ވަނީ…
މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އޯ.އީ.ސީ.އެމް އެއްގެ ލަޤަބު ލިބިފައިވާ ސޮނެވާ ޖާނީ އޯ.އީ.ސީ.އެމް އަކީ ނ. އަތޮޅުގެ ދެކުނު ފަރާތުގައިވާ ނ. މެދުފަރުގައި ގާއިމުކޮށްފައިވާ ސޮނެވާ ޖާނީ ރިޒޯޓުގެ ބައުންޑަރީ ތެރޭގައިވާ ސަރަހައްދެކެވެ. މި ސަރަހައްދަކީ 3 ޒޯނަކަށް ބަހާލެވިފައިވާ، ޖުމުލަ 0.41 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.
މި އޯ.އީ.ސީ.އެމް ގައި ހިމެނޭ މާހައުލު ތަކަކީ ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ އަދި ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ މަސްމަހާމެއްސާ، ވެލާކަހަނބު، މުރަކަ، އަދި ދޫނިސޫފާސޫފީގެ ބާވަތްތަކުގެ ނަސްލު ރައްކާތެރިކޮށް ދެމެހެއްޓުމަށް މުހިއްމު މާހައުލުތަކެކެވެ.
ޒޯން 1 އަދި ޒޯން 2 ގައި ހިމެނޭ ފަރުގެ ސަރަހައްދަކީ އެކި ބާވަތުގެ މުރަކަ އުފެދިފައިވާ ތަނެކެވެ. އަދި ގިނަ އަދަދެއްގެ މަހުގެ އާއިލާތައް ރިކޯޑްކުރެވިފައިވާ ސަރަހައްދެކެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ފަރުމަހުގެ އާއިލާތައް ހިމެނެއެވެ. ފަރުމަހުގެ އާއިލާ ގިނަވުމަކީ ފަރުގެ ޞިއްޙަތު ރަނގަޅުކަން ދައްކުވައިދޭ ކަމެކެވެ. އަދި މިސަރަހައްދަކީ އެންމަޑި (Mobula alfredi)، ފަޅު މިޔަރު (Carcharhinus melanopterus)، އޮޅުފަތި މިޔަރު (Urogymnus granulatus) އަދި އަ.އި.ޔޫ.ސީ.އެން ރެޑް ލިސްޓާއި މޯލްޑިވްސް ރެޑް ލިޓްގައި ނެތިދިއުމުގެ ބިރު ހީވެފައިވާކަމަށް ރިކޯޑްކޮށްފައިވާ ކަހަނބު (Eretmochelys imbricata)، ފެންނަ ސަރަޙައްދެކެވެ.
އަދި ޒޯން 2 ގައި ހިމެނޭ ގޮނޑުދޮށަކީ، ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ، މޯލްޑިވަސް ރެޑް ލިސްޓުގައި ނެތި ދިއުމުގެ ބިރު ހީވެފައިވާކަމަށް ރިކޯޑްކޮށްފައިވާ އަދި އަ.އި.ޔޫ.ސީ.އެން ރެޑް ލިސްޓްގައި ދުނިޔޭގެ ފެންވަރުގައި ވަލްނެރަބަލް ކަމަށް ރިކޯޑުކޮށްފައިވާ، ވެލާ (Chelonia mydas) ބިސް އަޅާކަމަށް ރެކޯޑު ކުރެވިފައިވާ ސަރަހައްދެކެވެ. އަދި މި ސަރަހައްދުގެ ޒޯން 2 އަދި 3 ގައި ގިނަ އަދަދެއްގެ ކުރެދި (Pemphis acidula)، ބުރެވި (Lumnitzera racemosa)، ނިކަގަސް (Ficus sp.)، ދިއްގާ (Talipariti tiliaceum)، އުނި (Guettarda speciose)، މިދިލިގަސް (Terminalia catappa)، މަގޫ (Scaevola taccada)، ކަނޑޫ (Bruguiera cylindrica)، އަދި ބޯކަށިކެޔޮ (Pandanus tectorius) ހެދިފައިވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން މި ސަރަހައްދުން ގިނަ އަދަދެއްގެ ދޫނީގެ ބާވަތްތައް ފެންނަކަމަށް ރިކޯޑުކުރެވިފައިވެއެވެ. މީގެ ތެރޭގައި، އަޅި މާކަނާ، (Ardea cinereal) ހުވަދޫ ރާބޮނދި (Ardeola grayii)، ތޭރަވާ (Dromas ardeola)، ކަނބިލި (Amaurornis phoenicurus)، ކުޅީ ކުކުޅު (Gallinula chloropus)، ފިދަނަ (Actitis hypoleucos)، އަދި ކޮވެލި (Eudynamys scolopaceus) ހިމެނެއެވެ.
މި އޯ.އީ.ސީ.އެމް ގައި ހިމެނޭ ކުޅި ފާ ޗަސްބިމުގެ މާހައުލުތަކަކީ ވަރަށް ގިނަ އިކޮލޮޖިކަލް ސާވިސަސް ފޯރުކޮށްދޭ މާހައުލުތަކެކެވެ. މި ގޮތުން ރަށަށް ވެހޭ ވާރޭ ފެން މި ސަރަހައްދުތަކަށް ފަސޭހަކަމާއެކު ހިނދިގެން ދާތީ، ރަށުގައި ފެންބޮޑުވުމުގެ ފުރުޞަތު ކުޑަކޮށްދީ ރަށުގެ ފެންފަށަލަ ތާޒާކޮށްދެއެވެ. އަދި ރަށްގިރުމާއި، އުދަ އެރުމާއި ޤުދުރަތީ ކާރިސާތަކުން ރަށް ސަލާމަތްކޮށްދެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ރަށް ސަލާމަތްކޮށްދޭ މި މާހައުލުތަކަކީ، ގިނަ އަދަދަކަށް ކާބަން ރައްކާކޮށްދޭ "ކާބަން ސިންކް" ތަކެކެވެ. މި ފަދަ "ކާބަން ސިންކް" ތަކަކީ ދުނިޔެ ހޫނުވުން ކުޑަކުރުމަށް މުހިއްމު މާހައުލު ތަކެކެވެ. އަދި ހަމައެއާއެކު މިފަދަ މާހައުލުތަކަކީ ދޫނި ސޫފާސޫފި އާލާވުމަށްވެސް މުހިއްމު މާހައުލުތަކެކެވެ.
އޯ.އީ.ސީ.އެމް ގައި ހިމެނޭ މާހައުލު ތަކަކީ ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ އަދި ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ މަސްމަހާމެއްސާ، ވެލާކަހަނބު، މުރަކަ، އަދި ދޫނިސޫފާސޫފީގެ ބާވަތްތަކުގެ ނަސްލު ރައްކާތެރިކޮށް ދެމެހެއްޓުމަށް މުހިއްމު މާހައުލުތަކެކެވެ.
ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އަޅުގަނޑުމެންނާ ގުޅާ.
މަޢުލޫމާތު
- ސްޓޭޓަސް
- ޑެޒިގްނޭޓެޑް
- ޖުމްލަ އޭރިއާ
- 41.00 ހެކްޓަރ
- ހިމާޔަތް ކުރެވުނު ތާރީހު
- 10 އޮގަސްޓް 2026
- އިކޯސިސްޓަަމް ޓައިޕޮލޮޖީ
- މެރިން, ޓެރެސްޓްރިއަލް, ެމެންގްރޫވް
ދިރުންތައް
ހުރިހާ ދިރުންތައް-
އެންމަޑި މޮބިޔުލާ އަލްފްރެޑީ -
އުނި ގެޓާރޑާ ސްޕިސިއޯސާ -
ބޯ ކަށިކެޔޮ ޕެންޑެނަސް ޓެކްޓޯރިއަސް -
ކަނޑޫ ބޮރުގުއޭރާ ސިލިންޑްރިކާ -
އޮޅުވަލު ކަނބިލި / ކުޅީ ކަނބިލި Gallinula chloropus -
އަޅި މާކަނާ އާރޑިއާ ސިނީރިއާ -
ކަނބިލި އަމޯރިނީ ފީނަކިޔުރިސް މޯލްޑިވަސް -
ކޮވެލި ޔޫޑައިނަމިސް ސްކޮލޯޕޭސިއާ