ކ. ތަނބުރުދޫ ސަރަހައްދު
Thanburudhoo region
- ކ
މި ސަރަހައްދާ ބެހޭ
ނަކްޝާ ލޯޑް ވަނީ…
މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.
ކ. އަތޮޅު ތަނބުރުދޫ ތިލަ ނުވަތަ "އެޗް. ޕީ ރީފް" އަކީ 1995 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ތިލައަކެކެވެ. ކ. ތަނބުރުދޫ ތިލަ ސަރަހައްދުގެ ޒޯނޭޝަން، ތަނބުރުދޫ ރަށާއި، ތަނބުރުދޫގެ އުތުރަށް އޮންނަ ގިރި ފިނޮޅު ހިމެނޭ ގޮތަށް، މުރާޖަޢާ ކޮށްފައި މިވަނީ ކ.. ތަނބުރުދޫއާއި ވަށައިގެންވާ މާހައުލަކީވެސް ޤުދުރަތީ އަދި ޠަބަޢީ ގޮތުގައި ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދެއް ކަމުގައިވާތީއެވެ. ކ.ތަނބުރުދޫއަކީ މާލެއާ 17 ކިލޯމީޓަރުން، ކ.އަތޮޅުގެ އިރު އުތުރުކޮޅުގައި އޮންނަ 3.5 ހެކްޓަރުގެ ގާމަތީ ރަށެކެވެ. މި ރަށުގެ ތިމާވެށީގެ ޚާއްސަ ސިފަތަކުގެ ތެރޭގައި މި ރަށުގައި އޮންނަ 0.33 ހެކްޓަރުގެ ފައު/ޗަސްބިން ސަރަހައްދު ހިމެނެއެވެ. މި ކަނޑޫފަލަކީ ދިޔަވަރު ބޮޑުވާ ވަގުތު ފެން ހެދިފައި އޮންނަ، ދިޔަވަރު ހިކޭ ގަޑިތަކުގައި ފެން ހިނދޭ ކަނޑޫފަލެކެވެ. މި ރަށުން ފެންނަ މުހިއްމު ދިރުންތަކު ގެތެރޭގައި، ހިމާޔަތްކޮށްފައިވާ ދޫންޏާއި ، ހިޖުރަކުރާ ދޫނި ހިމެނެއެވެ. މީގެ ތެރޭގައި، މާކަނާ، ކަނބިލި، ކިރުދޫނި، އަދި ވައްލަ ނިދަންއަރާކަމަށް ފާހަގަކުރެވެއެވެ. އަދި މާކަނާ، ހާލި ހަދައިގެން ވިހާ އާލާވާ ކަމަށް ރިކޯޑް ކުރެވިފައިވެއެވެ. މި ރަށުގެ ކުޅީގައި ގިނައަދަދަކަށް ކަނޑޫ ހެދިފައިވާއިރު ރަށުގެ ގަސްކަރައިން ކާނި، އުނި، ނިކަ، ހިރުނދު، ކަށިކުނބުރު، ރުއް، ދިއްގާ، ކުރެދި، ހަލަވެލި، ދަކަނދު، މަގޫ، މިދިލި، ބޯކަށިކެޔޮ، ބޯށި، އަހިވައް، ތަނބުރު، އަދި އެހެނިހެން ގަސްގަހާއި ގެހި ފެނިފައިވެއެވެ. މި ރަށުގެ ދެފަރާތުން ނަގާ ބިޔަ ރާޅުތަކަކީ ރާއްޖޭގެ މަދުރަށަކުން ނޫނީ ނުފެންނަ "އޯޝަނޮގްރަފިކް" ސިފައެކެވެ. މި ރާޅުތަކަކީ ބައިނަލްއަޤްވާމީ ގޮތުން ވެސް ރާޅާއަރާ މީހުންގެ މެދުގައި މަޤްބޫލު ރާޅުތަކެކެވެ. އަދި ތަނބުރުދޫ ވަށައިގެންވާ މޫދުގެ ސަރަހައްދަކީވެސް، ފަރުގެ ދިރުންތައް ގިނަ، މަޑު މުރަކަ ގިނަ، ފަރުމަހުގެ ދިރުންތައް މުއްސަނދި ސަރަހައްދެކެވެ. މި ސަރަހައްދުގައި ހިމެނޭ ތަނބުރުދޫ ތިލަ ނުވަތަ "އެޗް.ޕީ ރީފް" އަކީ ޑައިވަރުންގެ މެދުގައި މަޤްބޫލު ޑައިވް ސްޕޮޓެކެވެ. އެޗް.ޕީ ރީފް މަޝްހޫރުވެފައިވަނީ މި ތިލައިގައި ހިމެނޭ މަޑުމުރަކަތަކާއި، ހޮހަޅަ ތަކާއި، ހޮހަޅަ ތަކުގެ މަތިން އެލިފައިވާ ފަރުގެ ނިޒާމް (އޯވާހޭންގްސް) ތަކުގެ ސަބަބުންނެވެ. މި ސަރަހައްދު ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ، އެކި ބާވަތްތަކުގެ، މަޑި، ކަޅުވެން،.މިޔަރު އަދި ވެލާ ހިމެނެއެވެ..
ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އޮފީހަށް ގުޅާ.
ގަވާއިދުތައް
ޒިޔާރަތްކުރާއިރު މި ގަވާއިދުތަކަށް އަމަލުކުރައްވާ.
-
މި ސަރަހައްދުގައި ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި، މައިން ކުރުމަކީ މަނާކަމެއް
މި ސަރަހައްދުގައި ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި، މައިން ކުރުމަކީ މަނާކަމެކެވެ. -
އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ މަނާކަމެކެވެ.
-
މި ސަރަހައްދުގައި ބިން ހިއްކުމާއި ފަޅު ފުންކުރުމަކީ މަނާކަމެކެވެ.
-
މި ސަރަހައްދުން ގައު، ވެލި، މުރަކަ، އަކިރި މެގުމަކީ މަނާކަމެކެވެ.
-
މި ސަރަހައްދުގައި ނަގިލި ލުމަކީ މަނާކަމެކެވެ.
ޕާމިޓްސް
-
Apply on their portal: ދިރާސާކުރުމުގެ ހުއްދަ (އާ ޓެބެއްގައި ހުޅުވޭ)
ދިރާސާކުރުމުގެ ހުއްދަ
Issued by ެެއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ)
މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ރިސާޗްކުރުމަސް ދޫކުރެވޭ ޕާމިޓްއެކެވެ. މި ޕާމިޓް ދޫކުރަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިންނެވެ. ރިސާޗް ޕާމިޓް އަކަށް އެދި ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ.
މަޢުލޫމާތު
- ސްޓޭޓަސް
- ޑެޒިގްނޭޓެޑް
- ޖުމްލަ އޭރިއާ
- 318.46 ހެކްޓަރ
- ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
- 81023
- ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
- ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
- ހިމާޔަތް ކުރެވުނު ތާރީހު
- 27 ސެޕްޓެބަރު 1995
- ދިރިއުޅޭ ވެށީގެ ބާވަތްތައް
- މެރިން, ޓެރެސްޓްރިއަލް, ެމެންގްރޫވް
އިއުލާނުތައް
ހުރިހާ އިއުލާނުތައްރިސޯސަސް
ނޮލެޖް ރިޕޮޒިޓަރީގައި ހުޅުވާރީޒޯނޭޝަން
ޢިއުލާން
-
ކ. ތަނބުރުދޫ ސަރަޙައްދުގެ ތަފްސީލު މުރާޖަޢާކޮށް އާންމުކޮށް އަންގާ އިޢުލާނު
ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް PDF ދިވެހި
-
1995 ހިމާޔަތް ކުރެވުނު 15 ޑައިވް ސަރަޙައްދު _ އިނގިރޭސި
ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް 1995 PDF އިނގިރޭސި ދިވެހި ނުސްޚާއެއް ނެތް
-
1995 ހިމާޔަތް ކުރެވުނު 15 ޑައިވް ސަރަޙައްދު
ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް 1995 PDF
ގުޅުއްވާ
އެޑްވައިޒަރީ ކޮމިޓީ
-
އީނާސް މުޙައްމަދު
ސީނިއަރ އެންވަޔަރަންމަންޓް އެނަލިސްޓް, އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ
-
މުހުސިނާ ޢަބްދުއްރަޙްމާން
ޑިރެކްޓަރ, Ministry of Climate Change, Environment and Energy
-
ޢައިޝަތު ޒިލްމާ
ޑިރެކްޓަރ, މިނިސްޓްރީ އޮފް ޓޫރިޒަމް
-
ޢީސާ އަޙްމަދު
President, ކ. އަތޮޅު ކައުންސިލް
-
ރީނާ ޢަބްދުލް ވާހިދް
މޯލްޑިވްސް އިންޑަސްޓްރީ އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
-
ހުސައިން ނިޒާމް
ރައީސް, މޯލްޑިވްސް ބޮޑީ ބޯޑިންގ އެސޯސިއޭޝަން
-
ޢަލީ އަޙްސަން
ޖެނަރަލް ސެކްރަޓަރީ, މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަން
-
ނިދާމް އިބްރާހިމް
މޯލްޑިވްސް ގެސްޓް ހައުސް އެސޯސިއޭޝަން
-
އިބްރާހިމް ޝާހިދު
އެގްޒެކެޓިވް ބޯޑް މެމްބަރ, ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން
-
އަޙްމަދު އަޒްނިލް
ރައީސް, ސޭވް އަވަރ ވޭވްސް
-
އަޙްމަދު ރަޝީދު
އޮޕްރޭޝަންސް މެނޭޖަރ, ސިނަމަން ދޮންވެލި މޯލްޑިވްސް