Gnaviyani (Gn)
ދަނޑިމަގު ސަރަހައްދުގައި އޮންނަ ތުނޑިއަކީ ރާއްޖޭގެ އެއްވެސް ރަށެއްގައި ނުވާ ފަދަ ހާއްސަ ކަމެއް ލިބިފައިވާ ތަނެކެވެ. މިތުނޑި އުފެދިފައި ހުންނަނީ ވިދަވިދާ ހުންނަ ވެލިތަކަކުންނެވެ. އިރުގެ ދޯދިތައް ތުނޑިމައްޗަށް އެޅުމުން މިސަރަހައްދަށް ލިބިދޭ އަޖައިބެއްފަދަ ރީތިކަމަކީ ރާއްޖޭގެ އެއްވެސް ރަށަކުން ފެންނާނެ މަންޒަރެއްނޫނެވެ. މިތަން ބެލުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ޒިޔާރަތްކުރެއެވެ. މިތުނޑިއަށް މިހާރު ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ރަށުގެ އުމްރާނީ ތަރައްޤީއާއެކު ވެލިގަނޑު ނެތިގެންދިއުމެވެ. ރަށާ ކައިރި ސަރަހައްދެއްގައި ވެލިނަގާނެ ތަނެއް ނެތުމުގެ ސަބަބުން ތުނޑިން ވެލިނަގަމުންދާ މިންވަރު ކޮންޓްރޯލް ނުކުރެވެއެވެ.