ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

ވ. ރަކީދޫ ކޯނަރ

V. Rakeedhoo Corner

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

ވ. ރަކީދޫކަނޑަކީ ރަކީދޫގެ ދެކުނު ފަރާތުގައިވާ ފުން ކަނޑެކެވެ. މި ކަނޑުގެ ބޭރު ފަރާތާއި ރަކީދޫގެ ފަރު ގުޅޭ ހިސާބަކީ މުރަކައިގެ ދިރުން މުއްސަދި ސަރަހައްދެކެވެ. އަދި މި ސަރަހައްދަކީ އެކި ބާވަތްތަކުގެ މަޑި އާއި މިޔަރު އެކި މޫސުންތަކުގައި ގިނައިން ފެންނަ މަޝްހޫރު ސަރަހައްދެކެވެ. އަދި ހަމައެހެންމެ މި ސަރަހައްދުގައި ފަރުމަހުގެ ބާވަތްތަކާއި ފަރުތަކުގައި ދިރިއުޅޭ އެހެނިހެން ދިރުންތައްވެސް ގިނައެވެ. މިގޮތުން މި ސަރަހައްދަކީ ފަރުގެ ސިއްޙަތު ރަނގަޅު ސަރަހައްދަކަށްވުމުން، މި މާހައުލު ރައްކައުތެރިކޮށް ފަރުގެ ދިރުން ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މި މާހައުލަކީ ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކުގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށް މުހިއްމު މާހައުލެކެވެ. 

ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އަޅުގަނޑުމެންނާ ގުޅާ.

ޕާމިޓްސް

  • ދިރާސާކުރުމުގެ ހުއްދަ

    Issued by ެެއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ)

    މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ރިސާޗްކުރުމަސް ދޫކުރެވޭ ޕާމިޓްއެކެވެ. މި ޕާމިޓް ދޫކުރަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިންނެވެ. ރިސާޗް ޕާމިޓް އަކަށް އެދި ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ.

    Apply on their portal: ދިރާސާކުރުމުގެ ހުއްދަ (އާ ޓެބެއްގައި ހުޅުވޭ)

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
6.34 ހެކްޓަރ
ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު
01 ނޮވެމްބަރ 2023

ޢިއުލާން

  • ވ. ރަކީދޫ ކޯނަރ ސަރަހައްދު އިއުލާން

    ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް PDF ދިވެހި