ވ. ރުއްހުރި ހުރާ

Vaavu (V)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

ޖުމްލަ އޭރިއާ

106.49 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ވ. ރުއްހުރި ހުރާ އަކީ އަތޮޅުގެ އެތެރެވަރީގައި ވަކިން އޮތް ފަރެއްގައި ހެދިފައިއޮތް މީހުން ދިރިނޫޅޭ ރަށެކެވެ. މި ރަށަކީ 0.5 ހެކްޓަރުގެ ރަށެކެވެ. އަދި މި ރަށުގެ މެދުގައި ކުޑަ ޗަސްބިމެއްގައި ގިނަ އަދަދަކަށް ކަނޑޫގަސް ހެދިފައިވެއެވެ. މީގެ އިތުރުން ރަށުތެރޭގައި ކުރެދިގަސް ހެދިފައި އެބަހުއްޓެވެ. ރަށުގެ ވަށައިގެންވާ ސަރަހައްދުގައި ގިނަ އަދަދެއްގެ މުރަކަ ހުރިއިރު ފަރުގެ މާހައުލުގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ހުއިފި ލަނޑާ ދިރިއުޅެއެވެ. ނަމަވެސް މި ސަރަހައްދުގައި މަހުގެ ބާވަތްތަކުގެ އާއިލާތައް ފެނިފައިވާ މިންވަރު މަދެވެ. މިގޮތުން ގިނައިން ފެނިފައިވަނީ "ޕްލޭންކްޓިވޯސް" ދަރަޖައިގެ މަސްތަކެވެ. މީގެ ސަބަބަކީ ފަރުގެ ސިއްޙަތު ދަށްވުން ކަމުގައި ވެދާނެއެވެ. އެއީ މި ސަރަހައްދަކީ މުރަކަ ހުދުވުމުގެ ގެއްލުން ފޯރާފައިވާ ސަރަހައްދަކަށްވާތީ އެވެ. އަދި މި މާހައުލަކީ ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދޫންޏާއި، ހިޖުރަކުރާ ދޫންޏާއި، މަސްތަކުގެ ރައްކައުތެރިކަން ކަށަވަރު ކުރުމައް މުހިއްމު މާހައުލެކެވެ. އަދި މި ރަށުގައިވާ ކުޅި ފާ ޗަސްބިން ސަރަހައްދަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި ރަށް ގިރުމުގެ ފުރުޞަތު ކުޑަކޮށް، ދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. އަދި ހަމައެއާއެކު ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަންޑައިއޮކްސައިޑް ރައްކާތެރިކޮށް ހިފަހައްޓާ "ކާބަން ސިންކް" ތަކެކެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
01 ނޮވެމްބަރ 2023

ބުކިންގްސް

Activities
No activities.