Raa (R)
ލިސްޓްކުރެވިފައެއް ނެތް.
މި ތިލަ އަކީ މި ތިލައިގެ ދެބައިކުޅަ އެއްބައި އެއް ޑައިވުން ބަލައިލެވޭނެ ތިލައެކެވެ. މި ތިލައިގެ ދެކޮޅު އޮންނަނީ އަޑިއަށް ވާގޮތަށް, ތިލައިގެ ދެފަރާތުން 120 ފޫޓު/ 40 މީޓަރު ފުންމިނަށް އެޓޯލް ބެޑާ ހަމައަށް ދާގޮތަށެވެ. މިތަނުގެ މަތިވަނީ މަޑު މުރަކައިގެ ތެރެއިން މާގަނޑު މުރަކައިން ފުރިފައެވެ. މިތިލައިގެ ސައިޑް ވޯލްގައި މުރަކައާއި, ކަނޑު ފަންކަލާއި, އެންދެރިއާއި ސްޕޮންޖް ކޮރަލްއިން ފުރިފައިވެއެވެ. މި ސަރަހައްދުން އާންމުކޮށް ފެންނަ މަސްތަކުގެ ތެރޭގައި, މާހުޅުނބުލަނޑާއާއި, މާގިނިމަހާއި, ނަރު ނަގޫ މަޑިއާއި, ދޮން ރީނދޫމަހާއި, ފަރުތޮޅިއާއި, ރޮނޑާއި, ފުޅަނގިއާއި, ތޮޅިމަހާއި, ލަނޑާއާއި, ބުރަނދަ އަދި ފުންނަ ހިމެނެއެވެ. އަދި މީގެ އިތިރުން މިޔަރާއި މަންޓާވެސް މި ސަރަހައްދުން އާންމުގޮތެއްގައި ފެނެއެވެ.