ފެހުރިއްސަކީ ދުނިޔެއިން ފެންނަ އެންމެ ބޮޑު މަހެވެ. މިއީ ކަނޑުގެ މަތީ ފަށަލައިގައި އުޅޭ އަދި ދުނިޔޭގެ ޓްރޮޕިކަލް ސަރަހައްދުތަކުން ފެންނަ މިޔަރުގެ ބާވަތެކެވެ. މިޔަރުގެ އެހެން ބާވަތްތަކާ ޚިލާފަށް ފެހުރިއްސަކީ ރެދަންފަަދަ ތަކެތި ކައިއުޅޭ 'ފިލްޓަރ ފީޑާ' އެކެވެ. ދިވެހިރާއްޖޭގައި ފެހުރިއްސަކީ ޤާނޫނު ނަންބަރު: 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ދިރުމެކެވެ.