ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަޙައްދުގައި ސެޕްޓެންބަރު މަހުގެ 4-11 އަށް "ފޯ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންޝިޕް ޓްރޮފީ 2025" ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މުއްދަތުގައި މި ސަރަޙައްދު އާންމުންނަށް ބަންދުކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.