ބ. އނގަފަރު ސަރަހައްދު

B. އަނގާފަރު

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

555576565

ޖުމްލަ އޭރިއާ

769.00 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު
Baa Atoll BR Office - 6608466
Ranger Hotline - 7905949

މި ސަރަހައްދަކީ ކަނޑުގެ ދިރުންތަކުން މުއްސަނދި, ގިނަ އަދަދެއްގެ ހާޑް އަދި ސޮފްޓް ކޮރަލް އުފެދިފައިވާ އަދި މިއާ ގުޅުންހުރި އެތައް މޫދުގައި ދިރިއުޅޭ އިންވާޓެބްރޭޓްސް އަދި ވާޓެބްރޭޓްސް ދިރިއުޅޭކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގެ ފަރުގެ ނިޒާމު ވަނީ ސީދާގޮތުން ހަނިފަރު ސަރަހައްދުގެ އޮއި ދައުރުކުރުމުގެ ނިޒާމާ ގުޅިފައެވެ. އެގޮތުން ހުޅަނގު މޫސުމުގައި މި ސަރަހައްދަށް ގިނަ އަދަދެއްގެ ފެހުރިހި އަދި މަންޓާ ފަދަ ކަނޑުގެ ބޮޑެތި ދިރުންތައް ކާނާ ހޯދުމަށް އާދެއެވެ. އެހެންކަމުން މި ފަރުގެ ސަރަހައްދަކީ ކަނޑުގެ ބޮޑެތި ދިރުންތަކަށް ބޭނުންތެރި, ބ. އަތޮޅަށާއި ދިވެހިރާއްޖެއަށް, އަދި މުޅި ދުނިޔެއަށްވެސް މުހިންމު ގުދުރަތީ ސަރަހައްދެކެވެ. މިތަނުގެ ކަނޑުގެ ސަރަހައްދަކީ ޓޫރިޒަމް ހަރަކާތްތަކަށް ފައިދާހުރި, އަދި ރިކްރިއޭޝަނަކް ޑައިވިންގްއާ ސްނޯކަލިންގް ހަރަކާތްތަކަށް މުހިންމު ސަރަހައްދެކެވެ. މި ސަރަހައްދުގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ތަނަކީ މުޅި ދުނިޔެއަށްވެސް މަޝްހޫރު ދޮންފަނު ތިލައާއި "ޝާކް އެލީ" އެވެ. އަނގާފަރު ފަރުގެ ދެކުނު ފަރާތުގައިވާ މި ސަރަހައްދަކީ އެ ތަނުގައި ދިރިއުޅޭ މިޔަރުގެ އާބާދީގެ ސަބަބުން ފާހަގަކޮށްލެވިފައިވާ ތަނެކެވެ. އެހެންނަމަވެސް, މަސްވެރިކަމުގެ ސަބަބުން މި ސަރަހައްދުގައި އުޅޭ މިޔަރުގެ އާބާދީ ވަނީ އެއްކޮށްހެން ހުސްވެފައެވެ. މި ސަރަހައްދަކީ ވައްލައާއި ކިރުދޫނި ނިދަން އަރާ ސަރަހައްދެކެވެ.

އެޓްރިބިއުޓްސް

ހިމާޔަތް ކުރެވުނު ތާރީހު:
05 ޖޫން 2009

ބުކިންގްސް

Activities
No activities.

ޕާމިޓްސް

އަނގަފަރު ވިސިޓް

އަނގަފަރު ދިޔުމުގެ ހުއްދަ

އެޕްލައި ކުރޭ