ގދ. ދިގުލާބާދޫ

Gaafu Dhaalu (GDh)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

555697558

ޖުމްލަ އޭރިއާ

487.00 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ގދ.ދިގުލާބަދޫ އަކީ އުފެދިފައިވާ ގޮތަށް ބަލާއިރުވެސް އެހެންރަށްރަށާއި ޚިލާފުގޮތަކަށް އުފެދިފައިވާ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. މިގޮތުން ރަށުގެ ބޮޑު ސަރަހައްދަކީ ކުޅި ޗަސްބިމުގެ މާޙައުލުތަކުން މުއްސަދިރަށެކެވެ. އަދި ހަމައެހެންމެ ރަށުގެ ބައްޓަން ހުންނަގޮތުން ކޮއްލަވާންޏެއްގޮތަށް އުފެދިފައިވާ ސަރަހައްދުތަކާއި ޖުމްލަގޮތަކަށް ބަލާއިރު ރަށެއްގައި ހުންނާނެ ހުރިހާ ޤުދުރަތީ ތިމާވެށީގެގޮތުން ޚާއްޞަ ސިފަތައް މިރަށުގައި ހުރުމަކީ މިރަށް އެހެންރަށްރަށާއި ތަފާތުވާ ސިފަތަކެވެ. މިރަށް ތިމާވެށީގެ ގޮތުން ޚާއްޞަވެފައިވާތީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ތައްޔާރުކޮށް އެކުލަވާލެވިފައިވާ 'އެންވަޔަރަންމަންޓަލް ސެންސިޓިވް އޭރިއާސް ލިސްޓް' ގައި ހިމެނިފައެވެ. އަދި މިރަށުގެ ދިރޭތަކެތީގެ ނަސްލާއިބެހޭ މަޢުލޫމާތާއި ރަށުގައި ހުރި ނާޒުކު ސަރަހައްދުތަކާއި ދިރުންތައް ވަނީ ތަފާތު ދިރާސާތަކުގެ އަލީގައި ދެނެގަނެވިފައެވެ.

ދިގުލާބަދޫގެ ޤުދުރަތ މާޙައުލު 6 ބަޔަކަށް ބަހާލެވިފައެވެ. އެއީ:

1. ރަށުގެ ގަސްފަށަލަތައް
2. މޫދާއިގުޅިފައިވާ ކުޅި )ފިނިހަކަ ކުޅި)
3. ލޮނާއި މީރުފެންއެކުލެވޭ ފަސް ކުޅިއާއި ކުޅިވަށައިގެންވާ ޗަސްބިން
4. މޫދުވިނަ އުފެދިފައިވާ ސަރަހައްދު
5. ރަށުގެ ގޮނޑުދޮށް
6. ރަށުގެފަޅާއި ފަރުގެ މާޙައުލުތައް

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
7 އޮކްޓޯބަރ 2018

ބުކިންގްސް

Activities
No activities.