ހއ. ބާރަށު ކުޅި، ފާ، ޗަސްބިމުގެ ސަރަހައްދު
H A. Baarah Wetland
- ހއ
މި ސަރަހައްދާ ބެހޭ
ނަކްޝާ ލޯޑް ވަނީ…
މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.
ހއ. ބާރަށަކީ އުފެދިފައިވާ ގޮތަށް ބަލާއިރުވެސް އެހެން ރަށްރަށާއި ޚިލާފުގޮތަކަށް އުފެދިފައިވާ، ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. އަރަބި އަކުރުގެ "ب" އިންނަ ގޮތަށް އުފެދިފައިވާ މި ރަށުގެ އިރުމަތީފަރާތުގެ ބޮޑު ސަރަހައްދެއްގައި ކުޅި، ފާ، ޗަސްބިމުގެ 10 މާހައުލެއް އުފެދިފައިވެއެވެ. 256.7 ހެކްޓަރުގެ މިރަށުގެ 39 ހެކްޓަރުގައި ކުޅީގެ ސަރަހައްދު ހިމެނިފައިވެއެވެ. ބުނެވޭގޮތުގައި މި ރަށުގެ ކުޅީގެ ސަރަހައްދަކީ 1570ގެ އަހަރުތަކުގައި ބޮޑުތަކުރުފާނު ޕޯޗުގީޒުންނަށް ފިއްލެވުމަށް ކަޅުއޮށްފުންމީގައި ވެންނެވި އެއްސަރަހައްދެވެ. މި ރަށުގައި މިހާރު 10 ކުޅި އޮތް ކަމުގައި ވިޔަސް ކުރިން މިސަރަހައްދަކީ އެއް ކުޅި ކަމުގައި ޤަބޫލުކުރެވެއެވެ. މި ރަށުން 6 ބާވަތެއް ގެ މެންގްރޫވް ގަސް ހުރިކަން ފާހަގަ ކުރެވޭ އިރު، ވަރަށް ގިނަ އަދަދަކަށް ކަނޑުލާއި ރަނޑޫ ހުރިކަން ފާހަގަ ކުރެވެއެވެ. މި ސަރަހައްދުން ގިނަ އަދަދެއްގެ ދޫނި ފެނިފައިވާއިރު، ވަރަށް މަދުން ފެންނަ ދޫންޏެއް ކަމަށްވާ ޗޮންޗޮން އިލޮޅިވެސް މި ސަރަހައްދުގައި އުޅޭކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން މިރަށުގެ މޫދާ ގުޅިފައިވާ ކުޅީގެ ސަރަހައްދުތަކަކީ ޅަ ވެލާ، އެންމަޑި، މަސް އަދި މިޔަރު ފަދަ ތަކެތީގެ ނާސަރީއެކެވެ.
ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އޮފީހަށް ގުޅާ.
ޒޯންތައް
-
ޒޯން 1
-
ހއ. ބާރަށު ކުޅި، ފާ، ޗަސްބިމުގެ ސަރަހައްދު- ޒޯން 2
ގަވާއިދުތައް
ޒިޔާރަތްކުރާއިރު މި ގަވާއިދުތަކަށް އަމަލުކުރައްވާ.
-
މި ސަރަހައްދުގައި ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި، މައިން ކުރުމަކީ މަނާކަމެއް
މި ސަރަހައްދުގައި ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި، މައިން ކުރުމަކީ މަނާކަމެކެވެ. -
އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ މަނާކަމެކެވެ.
-
މި ސަރަހައްދުގައި ބިން ހިއްކުމާއި ފަޅު ފުންކުރުމަކީ މަނާކަމެކެވެ.
-
މި ސަރަހައްދުން ގައު، ވެލި، މުރަކަ، އަކިރި މެގުމަކީ މަނާކަމެކެވެ.
-
މި ސަރަހައްދުގައި ނަގިލި ލުމަކީ މަނާކަމެކެވެ.
-
ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުން.
-
އެއްވެސް "ޕޮލިއުޓެންޓެއް" ދޫކުރުން ނުވަތަ/އަދި ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުން
-
ެއެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރ ގެ މަސައްކަތްކުރުން
-
އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ /އަދި ހާއްޔައް ގެއލުން ދިނުން
-
އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
-
މަސްމަހާ މެއްސާއި ދޫނިސޫފާސޫފި ހިމެނޭ ގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅުން
-
ދޫނިސޫފާސޫފި ހިފުމާއި، ނެގުމާއި މެރުން
-
މި ސަރަޙައްދުގައި އުޅޭ ޙިމާޔަތްކޮށްފައިވާ ދިރުންތަކުގައި އަތްލާ ، ގޯނާކޮށް ހެދުން
-
މިތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަ ކުރުން
މަޢުލޫމާތު
- ސްޓޭޓަސް
- ޑެޒިގްނޭޓެޑް
- ޖުމްލަ އޭރިއާ
- 51.00 ހެކްޓަރ
- ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
- 555697556
- ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
- ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
- ހިމާޔަތް ކުރެވުނު ތާރީހު
- 30 ޑިސެމްބަރ 2018
- އިކޯސިސްޓަަމް ޓައިޕޮލޮޖީ
- ެމެންގްރޫވް
ގެލަރީ
ދިރުންތައް
ހުރިހާ ދިރުންތައް-
ކަނޑޫ ބޮރުގުއޭރާ ސިލިންޑްރިކާ -
ރަނޑޫ ރައިޒޯފޮރާ މުކްރޮނާޓާ -
ޗޮންޗޮން އިލޮޅި ޓްރިންގާ ނެބުލާރިއާ