ހދ. އިންނަފުށި ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު

HDh. އިންނަފުށި

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

555697566

ޖުމްލަ އޭރިއާ

1,362.00 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

އިންނަފުއްޓަކީ މަކުނުދޫ އަތޮޅުގެ އެންމެ ހުޅަނގު ބިތުގައި އޮންނަ 3 ހެކްޓަރުގެ ކުޑަ ގާމަތީ ރަށެކެވެ. މިރަށަކީ ޤުދުރަތީގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަޞްލުތަކުން މުއްސަނދި ރަށެކެވެ. މިގޮތުން މިރަށަކީ ގިނަ އަދަދަކަށް ކަނޑުމަތީ ދޫނި ޖައްސާ އަދި ބިސްއަޅާ ރަށެކެވެ. އަދި މިރަށަކީ ޤުދުރަތީގޮތުން ދިވެހިރާއްޖޭގެ އެންމެ ހުޅަނގު ބިތުގައި އުފެދިފައިވާ ރަށެވެ. މިރަށުގެ ފުއްޓަރު ފަރާތަކީ ކުރީ ޒަމާނުގައި ގިނަ އަދަދަކަށް ބޯޓުފަހަރު އުރިފައިވާ ސަރަހައްދެކެވެ. އެހެންކަމުން މިރަށުގެ ފުއްޓަރު ސަރަހައްދަށް "ބޯޓު އުރޭ މުލި" މިނަން މިއަތޮޅު މީހުން ކިޔައެވެ. މިގޮތުން މިރަށް އުފެދިފައިވާގޮތަށް ބަލާއިރު، މުޅި ރަށުގައިވެސް ގިނައީ އަކިރި ވެލިކަމަށް ފާހަގަ ކުރެވެއެވެ. އަދި ދޮންވެލި ގޮޑުދޮށެއް ރަށުގެ އިރުމަތީ ބިތުގައި ވެއެވެ. މިރަށުގެ އަތިރިމަތީ ގިނައަދަދަކަށް ގޮޅާ ހުރެއެވެ. އަދި މިރަށުގެ ގޮނޑުދޮށަކީ ވެލާ ކަހަނބު ބިސްއަޅާ ސަރަހައްދެކެވެ. މިރަށުގައި 3 ރުށް ފިޔަވާ ދެން ހުންނަނީ ޅޮސްގަހާއި، ހިރުނދު އަދި ކުރެދި ގަސްތަކެވެ. މިރަށުގެ ހުޅަނގު ފަރާތުގައި މޫދާއި ގުޅިފައިވާ ކުޑަ ފެންގަނޑެއް އޮވެއެވެ. އަދި މިފެންގަނޑަށް މަކުނުދޫ މީހުން "ފުރޭތަ" ފެންގަނޑު ކިޔާއުޅެއެވެ. އިންނަފުށި ވަށައިގެންވާ ފަރަކީ ދިރޭތަކެތީގެ ނަޞްލުތަކުން މުއްސަނދި ކަން ލިބިފައިވާ ފަރެކެވެ. އިންނަފުށި ބޭރު ފަރަކީ ގިނަ އަދަދަކަށް ބޯޓު އުރިފައިވާ ފަރެއްކަމުން މިސަރަހައްދަކީ ފީނާ މީހުންގެ މަގްބޫލްކަން ލިބިފައިވާ ސަރަހައްދެކެވެ. މިފަރަކީ ތަފާތު ވައްތަރުގެ ފަރުމަސް ފަސޭހައިން ބޭނޭ ސަރަހައްދެކެވެ. މިފަރަކީ މަސްމަހާމެހި ގިނަ އަދި މުރަކައިގެ މުއްސަނދިކަން ލިބިފައިވާ ރީތި ބޮޑު ފަރެކެވެ. އަދި ރަށުގެ އެތެރެވަރީގައިވާ ވިލުންވެސް ގިނައަދަދަކަށް މަސް ބޭނެއެވެ. މިރަށުގެ ފަރުގެ ބޭރުވަރިން ބޮޑުމަސް އަދި މިޔަރު ގިނަ އަދަދަކަށް ފެނެއެވެ. އަދި މިރަށުގެ ޖިއޯފިޒިކަލް ސިފަތަކާއި އަދި މިރަށަކީ ރާއްޖޭ އެންމެ ހުޅަނގުބިތުގައިވާ ހިކިފަސް ރަށަށް ވުމުން، މިރަށް ހިމާޔަތްކުރެވިފައި އޮތުމަކީ މުހިންމު ކަމެކެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
16 ޖޫން 2019

ބުކިންގްސް

Activities
No activities.