ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

ހދ. ކޭލަކުނު

H Dh. Keylakunu

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

ތިލަދުންމަތީ ދެކުނުބުރިއަށް ނިސްބަތްވާ ކޭލަކުނަކީ ޤުދުރަތީގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ޚާއްޞަ ބާވަތްތަކުން މުއްސަނދި، އަދި ދިރޭތަކެތީގެ ނަސްލާއި އިންސާނުންގެ ހަރާކަތްތަކާއި ގުޅިފައިވާ މީހުންދިރިނޫޅޭ ރަށެކެވެ. މިރަށަކީ އާދަޔާ ޚިލާފަށް ފެހި، ރަށުގެ އިރުމަތީ ފަރާތުގައި ކުޅި ފާ ޗަސްބިން އެކުލެވޭ ގޮތަށް އުފެދިފައިވާ ރަށެކެވެ. ރަށުގެ ބޮޑުބައެއްގައި ކަނޑޫފަލާއި، ބޮޑަވަކި އަދި ކުއްޅަވައްގަހުގެ އިތުރުން މުޅި ދުނިޔޭގައިވެސް މަދުން މެނުވީ ނުހެދޭ ބާވަތެއް ކަމުގައިވާ "ބަރު" ގަހުގެ ބޮޑު ޖަންގައްޔެއް އުފެދިފައިވާ ތިމާވެށީގެ ގޮތުން ވަރަށް ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. މިރަށުގައި ހެދިފައިވާ ބަރުގަސްތަކުގެ ވަށަމިނުގައި 7.8 ފޫޓު ހުންނައިރު 30މީޓަރަށްވުރެ ދިގުކޮށް ހުންނަ ބޮޑެތި ގަސްތައް ބޯކޮށް ހެދިފައިވާކަން ވެސް ފާހަގަކުރެވެއެވެ. މިރަށުގެ އެންމެ ހާއްސަ ސިފައަކީ މިރަށުގެ އިރުމަތީފާރާތު ޖަންގައްޔެއްގޮތަށް އުފެދިފައިވާ ކުޅިއާއި ޗަސްބިން (mangroves) ސަރަހައްދެވެ. ބޮޑެތިކޮށް ގިނައަދަދަކަށް ހެދިފައިވާ ކަނޑޫފާ (small-leafed orange mangrove)އަދި ރަނޑޫގެ (red mangrove) އެކި ވަރުވަރަށް ހެދި ބޮޑުވެފައިވާ ގަސްތަކާ، އެގަސްތަކުގެ މޫތަކުން ހެދިފައިވާ ނެޓްވާކެއްގެ ތެރޭގައި ކުދި ކުޅިތަކާއި ބޮޑެތި ބަރު ގަސްތައް (grey mangrove) ފެތުރިފައިވާ ސަރަޙައްދަކީ ވަރަށް ރީތި، ހިއްގައިމު އަދި ދިރޭތަކެތީގެ ނަސްލުތައް މުއްސަނދި ސަރަޙައްދެކެވެ. މިމާހައުލުގެ ތަފާތުކަމުގެ އިތުރުން މިސަރަހައްދަކީ "ކާބަން ސިންކް" އެކެވެ. މިރަށަކީ ދޫނީގެ ގިނަ ބާވަތްތަކެއް ގަވައިދުން ޒިޔާރަތް ކުރާރަށެކެވެ. މިރަށް ސާވޭކުރުމުގެ ތެރޭގައި ކުރި ދަތުރުގައިވެސް 11 ބާވަތެއްގެ ދޫނި ވަނީ ފެނިފައެވެ. މީގެ އިތުރުން ރާއްޖޭއިން މަދުން ފެންނަ ދޫންޏެއްކަމަށްވާ ދަނޑުފުޅު ދޫނި (white-tailed tropical bird) ގިނަ އަދަދަކަށް މިރަށުން ފެންނަކަން ފާހަގަކުރެވެއެވެ. މިދޫންޏަކީ އާލާވާން ވަކި ހާއްސަ މާހައުލެއް ބޭނުންވާ ދޫންޏެކެވެ. މީގެ އިތުރުން މިރަށުގެ ގޮނޑުދޮށް ފާހަގަކުރެވެނީ ގިނަ އަދަދަކަށް ވެލާއަރާ ބިސްއަޅާ ސަރަހައްދެއްގޮތުގައެވެ. މިރަށުގެ ގަސްތައް ހެދިފައިވާގޮތް ރާއްޖޭގެ އެހެން ރަށްރަށާއި ތަފާތުވުމާއި، ރާއްޖޭގައި ފޮރެސްޓް ކެޓަގަރީއަށް ނިސްބަތްވާ މާހައުލުތައް މަދުވެފައި، މިރަށަކީ އެގޮތަށް ކެޓަގަރީ ކުރެވޭނެ ސަރަހައްދަކަށްވެފައި މިރަށުގައި ފެންނަންހުރި ކުޅި ފައު ސަރަހާއްދާއި، ރަށުގެ ފަރުގެ ސަރަހައްދާއި، ދޫނީގެ ބާވަތްތަކުގެ ހާއްސަކަމުން މިރަށް ހިމާޔަތްކޮށް ބެލެހެއްޓުމަކީ މުހިއްމު ކަމެކެވެ.

ރަސްމީ ނަކްޝާ ޑައުންލޯޑް ކުރޭ (PDF)

ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އޮފީހަށް ގުޅާ.

ޒޯންތައް

  • ކޯ އޭރިއާ

    ހދ. ކޭލަކުނު ހިމާޔަތްކޮށްފައިވާ ސަރަޙައްދުގެ ކޯ އޭރިއާ އަކީ ކުޅި،ފާ،ޗަސްބިން ސަރަހައްދެކެވެ. މިއީ ބޮޑެތިކޮށް ގިނަ އަދަދަކަށް ހެދިފައިވާ ކަނޑޫފާ އަދި ރަނޑޫގެ އެކި ވަރުވަރަށް ހެދި ބޮޑުވެފައިވާ ގަސްތަކާ، އެގަސްތަކުގެ މޫތަކުން ހެދިފައިވާ ނެޓްވާކެއްގެ ތެރޭގައި ކުދި ކުޅުތަކާއި ބޮޑެތި ބަރު ގަސްތައް ފެތުރިފައިވާ ރީތި، ހިތްގައިމު އަދި ދިރޭތަކެތީގެ ނަސްލުތައް މުއްސަނދި ސަރަޙައްދެކެވެ. މި މާހައުލުގެ ތަފާތުކަމުގެ އިތުރުން މިސަރަޙައްދަކީ "ކާބަން ސިންކް" އެކެވެ. އަދި މިއީ ދޫނީގެ ގިނަ ބާވަތްތަކެއް ގަވާއިދުން ޒިޔާރަތްކުރާ ރަށެކެވެ.
  • ހދ. ކޭލަކުނު

    The buffer zone of HDh. Keylakunu Protected Area is home to a variety of species, interconnected with people’s behaviour and livelihoods.

ގަވާއިދުތައް

ޒިޔާރަތްކުރާއިރު މި ގަވާއިދުތަކަށް އަމަލުކުރައްވާ.

  • މި ސަރަހައްދުގައި ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި، މައިން ކުރުމަކީ މަނާކަމެއް

    މި ސަރަހައްދުގައި ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި، މައިން ކުރުމަކީ މަނާކަމެކެވެ.
  • އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ މަނާކަމެކެވެ.
  • މި ސަރަހައްދުގައި ބިން ހިއްކުމާއި ފަޅު ފުންކުރުމަކީ މަނާކަމެކެވެ.
  • މި ސަރަހައްދުން ގައު، ވެލި، މުރަކަ، އަކިރި މެގުމަކީ މަނާކަމެކެވެ.
  • މި ސަރަހައްދުގައި ނަގިލި ލުމަކީ މަނާކަމެކެވެ.
  • ެއެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރ ގެ މަސައްކަތްކުރުން
  • އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ /އަދި ހާއްޔައް ގެއލުން ދިނުން
  • އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  • މަސްމަހާ މެއްސާއި ދޫނިސޫފާސޫފި ހިމެނޭ ގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅުން
  • ދޫނިސޫފާސޫފި ހިފުމާއި، ނެގުމާއި މެރުން
  • މި ސަރަޙައްދުގައި އުޅޭ ޙިމާޔަތްކޮށްފައިވާ ދިރުންތަކުގައި އަތްލާ ، ގޯނާކޮށް ހެދުން
  • މި ސަރަޙައްދު އަލިވާގޮތަށް ރޭގަނޑު ދިއްލުން
  • މިތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަ ކުރުން

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
235.54 ހެކްޓަރ
ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
555697563
ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި 6 – ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއަރ, ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު
30 ޑިސެމްބަރ 2018
އިކޯސިސްޓަަމް ޓައިޕޮލޮޖީ
މެރިން, ޓެރެސްޓްރިއަލް, ެމެންގްރޫވް

ދިރުންތައް

ހުރިހާ ދިރުންތައް

ރިސޯސަސް

ހުރިހާ ރިސޯސް

ގުޅުއްވާ