ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

ހަނިފަރު ރަށް

Hanifaru Region

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

ހަނިފަރު ސަރަހައްދަކީ ކަނޑުގެ ދިރުންތަކުން މުއްސަނދި ސަރަހައްދެކެވެ. މި ސަރަހައްދުގައި އޮއި ދައުރުވަނީ އެހެން ސަރަހައްދުތަކާ ތަފާތު އަދި ހާއްސަގޮތަކަށެވެ. ހުޅަނގު މޫސުމުގައި މި ސަރަހައްދުގައި އޮއި ދައުރުވާގޮތުގެ ސަބަބުން ފެހުރިހި އަދި މަންޓާ މި ސަރަހައްދަށް ކާނާ ހޯދުމަށް ގިނަ އަދަދަކަށް ޖަމާވެއެވެ. އަދި ވިހައި އާލާވުމަށް މަންޓާ މި ސަރަހައްދަށް އެއްވެއެވެ. މި ދިރުންތަކަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތަކެއްކަމުން, މި ސަރަހައްދަކީ ބ. އަތޮޅަށާއި ދިވެހިރާއްޖެއަށް, އަދި މުޅި ދުނިޔެއަށްވެސް ގުދުރަތީގޮތުން މުހިންމު ސަރަހައްދެކެވެ. އަދި ހަމަ މިގޮތުން މި ސަރަހައްދަކީ މިފަދަ ބޮޑެތި ދިރުންތައް އެއްވާ ތަނެއްކަމުން ޓޫރިޒަމް އެކި ހަރަކާތްތަކަށާއި ރިކްރިއޭޝަނަލް ޑައިވިންގްއަށްވެސް މުހިންމު ސަރަހައްދެކެވެ. މީގެ އިތުރުން މި ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި, ކިރުދޫންޏާއި, ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ހުރެއެވެ.

ޒޯންތައް

  • ހަނިފަރު ބޭ ސަރަޙައްދު

  • ހަނިފަރު ރަށް

ބުކިންގްތަކާއި ފީ

ވިޒިޓިންގ

މިއީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުގައި ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ޒިޔާރަތް ކުރުމަށް ދެވޭ ބުކިންގ ސާވިސްއެކެވެ. 

  • ހިމާޔަތްކުރެވިފައިވާ ސަރަހައްދުގެ ހުރިހާ ބައި ރިސޯޓް
    ރުފިޔާ 310 ކޮންމެ މީހަކަށް

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
529.00 ހެކްޓަރ
ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
555576577
ހިމާޔަތް ކުރެވުނު ތާރީހު
05 ޖޫން 2011

ރިސޯސަސް

ހުރިހާ ރިސޯސް

ގުޅުއްވާ

ރިސޯޓް · ރުފިޔާ 310 ޒިޔާރަތަށް ބުކިން ކުރޭ