ކ. ކާށިދޫ ޗަސްބިން ސަރަހައްދު

K. ކާށިދޫ

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

ޖުމްލަ އޭރިއާ

42.75 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ކ. ކާށިދޫ ޗަސްބިން ސަރަހައްދަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން 22 މެއި 2003 ގައި ޙިމާޔަތްކޮށްފައިވާ، ކަންޒުކަހަބު ) Black Turtle / Melanochelys trijuga thermalis) ފެންނަ ތިން ރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކަންޒުކަހަބު އުޅޭކަމަށް ރެކޯޑް ކުރެވިފައިވާ ސަރަހައްދެވެ. މި ސަރަހައްދުގައި ހިމެނޭ ގަސްގަހާގެއްސާއި މާހައުލަށް ރިޢާޔަތްކޮށް މި ސަރަހައްދު ބެހިގެންވާ މައިގަނޑު 3 ބަޔަކީ؛ ކަނޑޫ ފާ، ކުއްޅަވައް ފާ، ކަށިކެޔޮ އަދި ރުއް ހިމެނޭ ވައު ސަރަހައްދެވެ. މި ސަރަހައްދުގައި ކުޅި،ފާ، ޗަސްބިމުގައި ހެދޭ ގަސްގަހާގެހީގެ ބާވަތްތަކުގެ ތެރެއިން ކަނޑޫ، ބޮނޑަވަކި، އަދި ކުއްޅަވައް ގިނަ ޢަދަދަކަށް ހެދިފައިވާކަން ފާހަގަކުރެވެއެވެ. ކަންޒުކަހަނބުގެ ކާނާގެ ގޮތުގައި ބޭނުން ކުރަނީ ވެއްޓިފައި ހުންނަ ކުއްޅަވައް ނުވަތަ ކަށިކޭލެވެ. އެހެންކަމުން، މި ސަރަހައްދުގައި ހިމެނޭ ކަށިކެޔޮ ވަލާއި، ކުއްޅަވައް ފަލަކީ ކަންޒުކަހަބު ދިރިހުރުމަށް ބަރޯސާވާ ތިމާވެށީގެ ގޮތުން ޚާއްޞަ މާހައުލެކެވެ. 2019 ވަނަ އަހަރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ކުރި ސާވޭގައި މި ސަރަހައްދުގައި 34 ކަންޒުކަހަނބު ރެކޯޑް ކޮށްފައިވެއެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
13 ފެބްރުއަރީ 2021

ބުކިންގްސް

Activities
No activities.