ލ. ގަމު ބޮޑަ ފެންގަނޑު ސަރަހައްދު

L. ގަން

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

ޖުމްލަ އޭރިއާ

706.02 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ލ. ގަމު ބޮޑަ ފެންގަނޑަކީ ކުޑަ ހިންނައިގެ އިރުމަތީ ފަރާތުގައި އޮންނަ "ރަން" ކުލައިގެ ފެންގަނޑެކެވެ. މިތަނަށް ޕަރީ ފެންގަނޑު ނުވަތަ ނަރަކަ ފެންގަނޑުވެސް ކިޔައެވެ. މި ތަނަކީ މި ރަށުގެ ތާރީޚާއި ގުޅިފައިވާ، އެ ފެންގަނޑަކާއި ގުޅިގެން އެކިއެކި ފުލޯކު ވާހަކަތައްވެސް ދެކެވޭ ފެންގަނޑެކެވެ. 
މި ފެންގަނޑުގެ ތިމާވެށީގެ ޚާއްޞަ ސިފަތަކަށް ބަލާއިރު ކުޅިފާ ޗަސްބިމުގައި ހެދޭ ބާވަތްތަކުގެ ގަސްގަހާގެހީގެ ތެރެއިން ރަނޑޫ، ގިނަ އަދަދަކަށް ހެދިފައިވާކަން ފާހަގަކުރެވެއެވެ. އަދި ފެންގަނޑުގެ ވަށައިގެންވާ ސަރަހައްދުގައި ގިނަ އަދަދަކަށް ކިނބި ގަސް ހެދިފައިވެއެވެ. މި މާހައުލަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏާއި ހިޖުރަކުރާ ދޫނިތަކުގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށް މުހިއްމު މާހައުލެކެވެ. މީގެ އިތުރުން މި މާހައުލުގައި ދަނޑިފުޅު ދޫނި ވިހާ އާލާވާކަމަށް ރިކޯޑް ކުރެވިފައިވެއެވެ. އަދި ކުޅި ފާ ޗަސްބިން ސަރަހައްދަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުޞަތު ކުޑަކޮށް ދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. އަދި ހަމައެއާއެކު ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަންޑައިއޮކްސައިޑް ރައްކާތެރިކޮށް ހިފަހައްޓާ "ކާބަން: ސިންކް ތަކެކެވެ. 

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
އެހެނިހެން ނަން
ޕަރީ ފެންގަނޑު
ހިމާޔަތް ކުރެވުނު ތާރީހު:
23 ޑިސެމްބަރ 2021

ބުކިންގްސް

Activities
No activities.